ކުލަގަދަ ރަސްމިއްޔާތަކާ އެކު މޯލްޑިވްސް އެކްޕޯ މިރޭ ފަށައިފިއެވެ.

މިރޭ ފެށި މި އެކްސްޕޯގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން 300 އަށްވުރެ ގިނަ ބައިވެރިން އެކިކަހަލަ ހުށަހެޅުންތައް ބައިވެރިކުރެއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ފެށި މި އެކްސްޕޯ ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އެކްސްޕޯ ފައްޓަވައިދެއްވުމަށްފަހު ރައީސްގެ ދެ ކަނބަލުން ވަނީ އެކްސްޕޯގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި ހުށަހެޅުންތައް ބައްލަވާލައްވާފައެވެ.

މިރޭ ފެށި އެކްސްޕޯގައި 3000 އަށްވުރެ ގިނަ ހުށަހެޅުން ހުށަހަޅާފައިވާއިރު ހުށަހެޅުންތައް ބައިވެރިކޮށްފައިވަނީ މައިގަނޑު ދެ ބަޔަކަށެވެ.

އެއީ ވާދަކުރާ ހުށަހެޅުންތަކާއި ޑިސްޕްލޭއަށް ބަހައްޓާ ތަކެތީގެ ބައެކެވެ.

އޭގެ ތެރެއިން ވާދަކުރާ ހުށަހެޅުންތަކުގެ ތެރެއިން ވަނަވަނައަށް ދިޔަ ހުށަހެޅުންތަކަށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އިނާމު ދީފައެވެ.

މި މައުރަޒު މި މަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން