ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގެ އެއްވަނަ އައްޑޫ ސިޓީއަށް ލިބިއްޖެއެވެ.
ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ އިނާމު ދިނުމުގެ ޖަލްސާ ބާއްވާފައިވަނީ ރޭ ސޯޝަލް ސެންޓަރުގައެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސް، ޑރ. މުހައްމަދު މުއިއްޒުއެވެ. މި ރަސްމިއްޔާތުގައި ރައީސް ވަނީ އެކި ދާއިރާތަކުން އެއްވަނަ ހާސިލުކުރި ފަރާތްތަކަށާއި، މުޅި މައުރަޒުން އެންމެ މަތިން މާކްސް ހޯދި ފަސް ފަރާތަށް ރަން ވަނަ ހަވާލުކޮށްދެއްވާފައެވެ.
މުޅި މައުރަޒުން އެއްވަނަ އައްޑޫ ސިޓީ ހިތަދޫއަށް ލިބިފައިވާއިރު، އައްޑޫސިޓީ ކައުންސިލަށް ވަނީ ސިޓީ ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާއިން އެއްވަނަ ލިބިފައެވެ.
ރަން ވަނަ (މުޅި މަޢުރަޒުން އެންމެ މަތިން މަރކްސް ލިބުނު 5 އުފެއްދުން) ހާސިލްކުރެއްވި ފަރާތްތަކަކީ: 1. ލުޖައިން އަލީ ވަހީދު، ހ. ހުޅުދުއްފާރު އާގެ، މާލެ 2. އަބުޑީ މޯލްޑިވްސް 3. މޯލްޑިވްސް ޕޮލިޓެކްނިކް 4. މުހައްމަދު މޫސާ، ގަރާޑީގެ، ރ. އިނގުރައިދޫ 5. އަލީ މާހިރު
މި ރަސްމިއްޔާތުގައި ޖުމްލަކޮށް 275 ވަނައެއް ހޮވާ އިނާމު ހަވާލުކޮށްފައިވެއެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ޖުމްލަ 383 ފަރާތަކުން ބައިވެރިވެފައިވެއެވެ. އެއީ 14 ކެޓެގަރީއަކުންނާއި 82 ސަބް ގިންތިއަކުންނެވެ.
މި މައުރަޒުގައި އެންމެ ގިނައިން ބައިވެރިވެފައިވަނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. މި މައުރަޒުގައި ހދ އަތޮޅުން ފެށިގެން ލ އަތޮޅާއި ހަމައަށް ގިނަ ރަށްތަކަކުން ބައިވެރިވެފައި ވެއެވެ. މައުރަޒުގައި އެންމެ ގިނަ ތަކެތި ބައިވެރިކޮށްފައިވަނީ މާލެއާއި ބ. ތުޅާދޫ އިންނެވެ. މައުރަޒުގައި 3600 އަށްވުރެ ގިނަ ތަކެތި ބައިވެރި ކުރުމަށް އެޕްލިކޭޝަން ފޯމް ފުރާފައިވެއެވެ.
މިހާތަނަށް ރާއްޖޭގައި ބޭއްވޭ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު މި މައުރަޒު، އިންތިޒާމްކޮށް ކުރިއަށް ގެންދަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި، ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީ.ސީ.ސީ) ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު