ބަނޑުހައިހޫނުކަމުގައި ތިއްބާ ނިރުބަވެރި އިސްރާއީލުން ހުކުރު ދުވަހު ދިން ހަމަލާތަކުގައި ޣައްޒާގެ 76 މީހަކު މަރާލައިފިއެވެ.

ޣައްޒާގެ މެޑިކަލް މަސްދަރުތަކާ ހަވާލަދީ އަލްޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި އިސްރާއީލުން މިހާރު ހިނގަމުންދާ އޮޕަރެޝަންތަކުގެ ތެރޭގައި ވެސް ޣައްޒާއަށް ދަނީ އިތުރު ގެއްލުންތައް ވަމުންނެވެ.

އިސްރާއީލުން ޣައްޒާގެ ޖަބަލިއާ ރެފިއުޖީ ކޭމްޕްގައި ހުރި އާއިލީ ގެއަކަށް ދިން ހަމަލާއެއްގައި 50 ވަރަކަށް މީހުން މަރުވިކަމަށް ރިޕޯޓްތައް ލިބެއެވެ. މަންޒަރު ދުށް މީހުންނާ ހަވާލަދީ އަލްޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި މިހާރު "އިސްރާއީލުގެ އަސްކަރިއްޔާއިން އާންމުން މަރާލަނީ މަޖާ ކުރަން" ކަމަށް ބުނެފައި ވެއެވެ.

އދ. ގެ ވެރިޔާ އެންޓޯނިއޯ ގުޓަރެސް ވިދާޅުވީ ޣައްޒާގެ ހަމަނުޖެހުން "މި އަނިޔާވެރި ހަމަނުޖެހުންގެ އެންމެ އަނިޔާވެރި މަރުހަލާއަށް" ގޮސްފައިވަނީ ފަލަސްތީނު މީހުން ބަނޑުހައިހޫނުކަމުގެ ތިއްބާ ކަމަށެވެ. އިސްރާއީލުން ދަނީ ފަލަސްތީން ރައްޔިތުން ބަނޑަށް ޖައްސަމުން ކަމަށާއި މިހާރު ދެނީ އެންމެ "އެހީގެ ސައިސަމުސާއެއް" ކަމަށް އޭނާ ބުންޏެވެ. އަދި ފަލަސްތީނުގެ އުތުރުގެ ސަރަހައްދުތަކަށް އެއްވެސް އެހީއެއް ފޯރާފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަ ހަނގުރާމައިގައި ފަލަސްތީނުގެ 53،822 މީހުން މަރުވެ، 122،382 މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިސްވެ އޮވެ ދިން ހަމަލާތަކުގައި އިސްރާއީލުގައި ގާތްގަނޑަކަށް 1،139 މީހުން މަރުވެ، 200 އަށް ވުރެ ގިނަ މީހުން އަޅުވެތިކޮށްފައިވެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް