އަވައްޓެރި އިންޑިޔާއިން ޕާކިސްތާނާ ދެކޮޅަށް ބައިނަލްއަގްވާމީ މާލީ ފިޔަވަޅުތައް އަޅަން ބާރުއަޅަމުންދާ ކަމަށް ބޭރުގެ މަސްދަރަކުން ބުނެފި އެވެ.

އިންޑިއާއިން ވަނީ ގްލޯބަލް ފައިނޭންޝަލް ކްރައިމް ވޮޗްޑޮގް އެއް ކަމަށްވަ ފައިނޭންޝަލް އެކްޝަން ޓާސްކް ފޯސް (އެފްއޭޓީއެފް) ގައި ޕާކިސްތާނަށް ފިޔަވަޅު އެޅުމަށް އެދިފައެވެ. އެގޮތުން ޕާކިސްތާނާ ދެކޮޅަށް އަޅާ ފުރަތަމަ ފިޔަވަޅަކީ ޕާކިސްތާން އަލުން "ގްރޭ ލިސްޓަށް" އިތުރުކުރުން ކަމަށްވެސް ބުނެފައި ވެއެވެ.

މީގެ އިތުރުންވެސް އިންޑިއާއިން ޕާކިސްތާނުގެ ތާއީދު އޮންނަ ހަނގުރާމަވެރިންގެ ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އިތުރު ގިނަ ފިޔަވަޅުތަކެއް އިއުލާން ކުރި އެވެ.

އެ މައުލޫމާތު ހިއްސާކުރި ބޭރުގެ މަސްދަރާ ހަވާލަދީ މީޑިޔާތަކުން ބުނީ އިންޑިއާއިން ޕާކިސްތާނަށް އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށާއި "ޕާކިސްތާނާ ދެކޮޅު ހެދުމުގައި އަދި ދެން އޮންނަ ފަރާތަކީ ވޯލްޑް ބޭންކުން ފައިސާ ހޯދައިގެން ކުރާ ކަމެއް ކަމަށާއި އެތަނުގައި ވެސް މުޒާހަރާ ކުރާނެ" ކަމަށެވެ.

މިކަމާ ގުޅިގެން ޕާކިސްތާނުގެ ފިނޭންސް މިނިސްޓްރީން އަދި ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ. ޕާކިސްތާނުން ވަނީ ކަޝްމީރުގެ ހަމަލާގައި އެއްވެސް އަތެއް ނެތް ކަމަށް ބުނެފައެވެ. އިންޑަސް ވޯޓާސް ޓްރީޓީ ދޫކޮށްލުމަށް އިންޑިއާއިން ކުރި ފިޔަވަޅަކީ ހަނގުރާމައިގެ އަމަލެއް ކަމަށްވެސް ޕާކިސްތާނުން ބުނެފައި ވެ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބުރާސްފަތި ދުވަހު ވަނީ ޕާކިސްތާނާއި އެގައުމުގެ ސިފައިންނާއި އެގައުމުގެ އިގްތިސާދު "ކޮންމެ ޓެރަރިސްޓް ހަމަލާއަކަށް ބޮޑު އަގެއް ދައްކަން ޖެހޭނެ" ކަމަށް ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން