ރާއްޖޭގައި ޤަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް މޯލްޑިވިސް އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންތަކުގައި ބޮޑީ ކެމެރާ ބޭނުންކުރަން ފަށައިފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ އެ އިދާރާ އިން ހިންގާ އޮޕަރޭޝަންތަކުގައި މިއަދު މުވައްޒަފުން ބޮޑީ ކެމެރާ ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. މިއީ އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަނެއްގައި ބޮޑީ ކެމެރާ ބޭނުންކުރަން ފެށި ފުރަތަމަ ފަހަރެެެވެ.

އެގޮތުން މިއަދު އިމިގްރޭޝަންގެ މުވައްޒަފުން ބޮޑީ ކެމެރާ ބޭނުން ކުރީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިއަދު ހުޅުމާލެ ފޭސް 1 ގެ ސަރަހައްދުގައި ހިންގި އޮޕަރޭޝަނެއްގައެވެ. އެ އޮޕަރޭޝަންގައި އެ ސަރަހައްދުތަކުގެ ތަނެެއް ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 03 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެެވެ.

ދާޚިލީ ވުޒާރާ އާއި، މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ގަވާއިދާ ޚިލާފަށް އުޅެމުންދާ އަދި ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަތުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 6076 އަށްވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ އެމީހުން ނިސްބަތްވާ ޤައުމުތަކަށް ފޮނުވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން