ދިވެހިރާއްޖޭގައި އަމިއްލަ ފަރާތަކުން ހިންގާ ސަންގުޓީވީގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ޙަފުލާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން، ފަސްޓްލޭޑީ މެޑަމް ސާޖިދާ މުޙައްމަދު، މިރޭ ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ސަންގުޓީވީގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ޙަފުލާ، ކުރިއަށް ދިޔައީ ފަރުކޮޅުފުށީގައެވެ.
މިރޭގެ ޙަފުލާގައި، ސަންގުޓީވީގެ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން އެވޯޑް ވަނީ ޙަވާލުކޮށްފައެވެ. އެގޮތުން ސަންގުޓީވީ ސްޓާފް އޮފް ދި އިޔަރ 2024ގެ އިނާމު ޙާޞިލުކުރެއްވި މާހަތު ޙުސައިން ރަޝީދަށް އެވޯޑް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ، ސަންގުޓީވީގެ އިސްވެރިންނާއި މުވައްޒަފުންނާއެކު، މުނާސަބަތަށް ޚާއްޞަކުރެވިފައިވާ ކޭކެއް ފަޅުއްވައިދެއްވައި، މިރޭގެ އިހުތިފާލާ ގުޅުވައިގެން ކުރިއަށްދިޔަ ހަވާ އެރުވުމުގެ ހަރަކާތް ބައްލަވައިލައްވައިފައެވެ.
ސަންގުޓީވީ އުފެދިގެން އައީ އެޕްރީލް 30، 2015 ގައެވެ.
މިރޭގެ ޙަފުލާގައި ސަންގު ޓީވީގެ ބާނީ، މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް އިންފޮރމޭޝަން އެންޑް އަރޓްސް، އިބްރާހީމް ވަޙީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު