ފުލުހަކު މަގުމަތީގައި--
ފުލުހަކު މަގުމަތީގައި--
ނިމިގެން ދިޔަ ހަފްތާގައި ފުލުހުން ނޫސްވެރިއަކަށް އަނިޔާކުރިކަމަށް ބުނާ މައްސަލައެއް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅަން ނިންމައިފި އެވެ.

ވަން އޮންލައިން ނޫހުގައި ފޮޓޯ ޖާނަލިސްޓެއްގެ ގޮތުގައި މަސައްކަތްކުރާ ހަމްދާން އަހުމަދަށް ފުލުހުން އަނިޔާކުރި ކަމަށް އޭނާ ބުނަނީ ހުއްދަ ނުނަގައި ޑްރޯން އަރުވަން އުޅެނިކޮށް ހިފަހަައްޓައި ޕޮލިސް ސްޓޭޝަނަށް ގެންދިއުމަށް ފަހު ކަމަށެވެ.

އެކަމާ ގުޅިގެން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިވަގުތަށް ފެންނަން ހުރި ކަންކަން (ޖިސްމާނީ އަނިޔާތައް/މެޑިކަލް ރިޕޯޓްތަކަށް) ބަލާއިރު ފުލުހުން ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށް އަނިޔާވާނޭ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބެލުމުގެ ޖާގަ އެބައޮތް ކަމަށެވެ.

އެހެންވެ އެ ހާދިސާ އިތުރަށް ތަހުގީގުކޮށް ހަމްދާން ސީނަށް ގޮސް ހުއްޓުވުމުގައި އުޅުނު ދެ ފުލުސް އޮފިސަރުންގެ މައްސަލަ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް އެ ޖަމްއިއްޔާގެ ފަރާތުން ހުށަހަޅާން ނިންމާފައިވާ ކަމަށް ބުނެފައި ވެއެވެ.

ހަމްދާނަށް އަނިޔާކުރިކަމަށް ބުނާ މައްސަލައިގައި ބައެއް ނޫސްވެރިންވެސް ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް