މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައިގައި ހައްޔަރުކުރި ގ. އެރިއަދޫ ރައުދު އަހްމަދު ޒިލާލް (21އ)ގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި، ފުލުހުން މައްސަލަ ޕީޖީއަށް ފޮނުވައިފިއެވެ.
އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާއިން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓުނު ހާދިސާ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިމަހުގެ 18 ވީ ހުކުރު ދުވަހު ހެނދުނު 7:30 ހާއިރެވެ.
އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކުރި ރައުދަކީ ޙާދިސާ ހިނގި ވަގުތު ޔުމްނުއާއެކު ފެންޓެނޯއީ ގޭގައި ޙަރަކާތްތެރިވަމުން ދިޔަ މީހެކެވެ.
ފުލުހުން މިއަދު ބުނެފައިވަނީ، ރައުދުގެ މައްސަލަ މިދިޔަ ހޮނިހިރު ދުވަހު ޕީޖީ އޮފީހަށް ފޮނުވުމުން، އެ މައްސަލަ ބަލައިގަނެފައިވާ ކަމަށެވެ. އަދި ރައުދުގެ މައްޗަށް ދަޢުވާ ކުރުމާމެދު 15 ދުވަސް ތެރޭގައި ޕީޖީން ގޮތެއް ނިންމާނެ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
ރައުދުގެ ބަންދު އަމުރުތަކުން އެނގޭ ގޮތުގައި، ފުލުހުން ވަނީ ރައުދުގެ މައްޗަށް ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތު ކުރުުމުގެ އިތުރުން، އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި، ޖިންސީ ބޭނުން ހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފައެވެ.
ނަމަވެސް ފުލުހުން ރައުދުގެ މައްޗަށް ދަޢުވާ ކުރުމަށް ފޮނުވާފައިވަނީ ކޮންކުށެއްގެ ތުހުމަތުގައި ކަމެއް ސާފުވެފައެއް ނުވެއެވެ. ރައުދުގެ މައްޗަށް ދަޢުވާ ކުރުމަށް ފުލުހުން ޕީޖީއަށް ހުށައަޅާފައިވާއިރު، މި ޙާދިސާގައި އަނިޔާލިބުނު ޔުމްނުގެ ބަޔާން މިހާތަނަށް ނެގިފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ރައުދު މިހާރު ހުރީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ފަސް ދުވަހަށް ބަންދުގައެވެ. އޭނާ އެންމެ ފުރަތަމަ ހައްޔަރުކޮށް ބަންދުކުރުމަށް ފަހު، އެކި ފަހަރު މަތިން ބަންދު އިތުރުކުރުމަށްފަހު ދޫކޮށްލިއެވެ. ނަމަވެސް ދޫކޮށްލި ދުވަހު އާ އަމުރެއްގެ ދަށުން ފުލުހުން ވަނީ ރައުދު ހައްޔަރު ކޮށްފައެވެ.
ރައުދުގެ މައްޗަށް ދަޢުވާ ކުރުމަށް ފޮނުވާފައިވާއިރު، ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓި ބޮޑެތި އަނިޔާތަކެއް ވެފައިވާ ހައްވާ ޔުމްނު ރަޝީދަށް މެލޭޝިޔާގެ ހޮސްޕިޓަލެއްގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.
ފުލުހުން މީގެކުރިން ވަނީ ރައުދާއި، ޔުމްނު ފެންޓެނޯއީގޭގެ އެތެރޭގައާއި އިމާރާތުން ބޭރުގައި އުޅޭ މަންޒަރުތައް ފެންނަ ވީޑިއޯ ފުޓޭޖު އާންމުކޮށްފަ އެވެ. އެ މައްސަލައިގައި ޔުމްނު ހިމެނޭހެން ޖުމުލަ 8 މީހެއްގެ ފޯނާއި ޕާސްޕޯޓުވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ،
އަދި އެ މައްސަލައާއި ގުޅިގެން މއ. މާންދޫގެ ދެކުނުބައިގެ ޓެރަހާއި އެ އިމާރާތުގެ 2 އަދި 4 ވަނަ ފަންގިފިލާ ބަލާ ފާސްކޮށްފައިވާ ކަމަށާއި ހ. ކަށިވެލި ގޭގެ 3 ވަނަ ފަންގިފިލާ ވެސް ފުލުހުން ވަދެ ބަލާ ފާސްކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު