ހުޅުމާލެ ހޮސްޕިޓަލުގައި އަލަށް ގާއިމްކުރި ޖާގަބޮޑު އިމަޖެންސީ ރޫމް (އީ.އާރް) ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވައިފިއެވެ.
ނިއު ޕޮލިސީ އިނީޝިއޭޓިވްގެ ގޮތުގައި ކުރިއަށްގެންދިޔަ ހުޅުމާލޭ ހޮސްޕިޓަލުގެ އީ.އާރް އެކްސްޕެންޝަން ޕްރޮޖެކްޓަކީ ރައީސް ޑރ. މުހައްމަދި މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ މަސައްކަތް އާރްޑީސީއާ ޙަވާލުކޮށް، މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ 8 ޑިސެމްބަރު 2024 ގައެވެ.
މިތަން ހުޅުވައިދެއްވުމަށްފަހު ރައީސް ވަނީ އެތަނުގެ ޚިދުމަތްތަކާއި ވަސީލަތްތައް ބައްލަވާލައްވާފައެވެ.

އަލަށް ހުޅުވި އީ.އާރުގެ ހިދުމަތްތަކާއި ވަސީލަތްތައް ރައީސް ބައްލަވައިލެއްވުން
މި މަޝްރޫއުގެ ދަށުން ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ބޭނުންކުރަމުންދާ އިމަރޖެންސީ ރޫމުގައި ފަރުވާދޭ އެނދުތަކުގެ އަދަދު ވަނީ 14 އަށް އިތުރުކޮށްފައެވެ. މީގެ ކުރީގައި އެ ހޮސްލިޓަލުގެ އީ.އާރްގެ ހިދުމަތް ފޯރުކޮށްދެމުން ދިޔައީ 7 އެނދުގެ ތަނެއްގައެވެ.
އަލަށް ހުޅުވި އީ.އާރަކީ ޒަމާނީ މެޑިކަލް އާލާތްތަކާއެކު ފަރުމާކޮށްފައިވާ އީ.އާރެކެވެ. މި އީއާރުގައި ކްރިޓިކަލް ބަލި މީހުންނަށް ޚާއްސަ ފަރުވާ ދިނުމަށް ރިސަސިޓޭޝަން ރޫމެއް ގާއިމްކޮށްފައި ވެއެވެ. ހުޅުމާލެ ހޮސްޕިޓަލިން ބުނީ މި ރޫމު ތައްޔާރުކޮށްފައިވަނީ ބޮޑެތި އިމަރޖެންސީ ޙާލަތްތަކަށް ޚާއްސަ އިސްކަމެއްދީގެންކަމަށެވެ.
މީގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލުން ބުނީ އަލަށް ގާއިމްކޮށް ހުޅުވިގެން މިދިޔަ އިމަޖެންސީ ރޫމުގެ ސަބަބުން ބަލި މީހުންނަށް ވަރަށް ބޮޑެތި ލުއިތަކެއް ލިބިގެން ދާނެ ކަމަށެވެ.
ހުޅުމާލެ ހޮސްޕިޓަލްގެ ޚިދުމަތްތައް ފުޅާކުރަން މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޝަރީ ހޮސްޕިޓަލެއް ގޮތުގައި ތަރައްޤީކޮށް ގިނަ ޚިދުމަތްތަަކަކާއެކު ރަސްމީކޮށް ހުޅުވީ މިދިޔަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު