ޖިއްދާ އެއާޕޯޓުން ހައްޖުވެރިންނަށް މަރުހަބާ ކިޔަނީ —
ޖިއްދާ އެއާޕޯޓުން ހައްޖުވެރިންނަށް މަރުހަބާ ކިޔަނީ —
ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގްރޫޕަށް ސައުދި އަރަބިއްޔާގެ ޖިއްދާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ހައްޖުވެރިން ދާދި ދެންމެއަކު ޖިއްދާ އެއާޕޯޓަށް ފޭބިއިރު ހައްޖުވެރިންނަށް ޖިއްދާ އެއާޕޯޓުން މަރުހަބާ ދެންވުމަށް މައްކާ ރޫޓު އިނީޝިއޭޓިވްގެ ބޭފުޅުންނާއި ދިވެހި ހައްޖު މިޝަން، ސަޢުދީގައި ހުންނަވާ ދިވެހި އެމްބަސީ އަދި ހައްޖު ކޯޕަރޭޝަންގެ ބޭފުޅުން އެއާޕޯޓުގައި ހަރަކާތްތެރިވެވަޑައިގެންފައިވެއެވެ. މިއީ ދިވެހި ހައްޖުވެރިންނަށް މިފަދަ ގޮތަކަށް ޖިއްދާ އެއާޕޯޓުން މަރުޙަބާ ކީ ފުރަތަމަ ފަހަރެވެ.

ހައްޖުވެރިންނަށް މަރުހަބާ ކިޔުމުގެ ގޮތުން އެއާޕޯޓުންވަނީ ކޮންމެ ބޭފުޅަކަށް ފިނިފެން މަލަކާ އެކު ކުޑަ ހަދިޔާއެއްވެސް ހަވާލުކޮށްފައެވެ.

ދިވެހި ހައްޖުވެރިންނަށް ސައުދީން ހާއްސަ މަރުހަބާއެއް ކިޔާފައި މިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގައި ރާއްޖެ ބައިވެރިވެ އެކަން މިއަދު އިފްތިތާހު ކޮށްފައިވަނިކޮށެވެ.

މައްކާ ރޫޓް އިނީޝިއޭޓްގެ ދަށުން ދިވެހި ހައްޖުވެރިން ސައުދީއަށް އެތެރެވުމުގެ ކުރިން ސައުދީ އަރަބިއްޔާގެ އިމިގްރޭޝަންގެ ކަންކަން ހުންނާނީ ނިމިފައި ކަމަށާއި އަދި ހައްޖުވެރިންގެ ފޮށިތައް ނެގުމަށް މަޑުކުރަން ނުޖެހި މައްކާ ރޫޓު އިނީޝިއޭޓިވްގެ ފަރާތުން ހައްޖުވެރިން ތިބޭ ހޮޓަލާއި ހަމައަށް ގެންގޮސްދޭނެކަމަށް މިނިސްޓްރީން ބުނެއެވެ.

އެއާއެކު ހައްޖުވެރިން ޖިއްދާ އެއާޕޯޓުގައި ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ބޮޑަށް މަދުވެ، ހައްޖުވެރިންގެ ދަތުރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން