އިއްޔެ ނިރުބަވެރި އިސްރާއީލުން ޣައްޒާގެ އެކި ހިސާބުތަކަށް ދިން ހަމަލާތަކުގައި އެކަނިވެސް އެގައުމުގެ 81 މީހުން މަރުވެއްޖެއެވެ.

މެޑިކަލް މަސްދަރުތަކާ ހަވާލަދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހޯމަ ދުވަހުގެ ކުރީކޮޅުން ފެށިގެން މުޅި ޣައްޒާއަށް އިސްރާއީލުން ދިން ހަމަލާތަކުގައި މަދުވެގެން 81 މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެއެވެ.

މި ހަނގުރާމައާއި ގުޅޭގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަރުޖަމާނަކު ވިދާޅުވާ ގޮތުގައި އިސްރާއީލުން އެހީތައް ހުއްޓުވައި، ހަމަލާތައް ވަރުގަދަ ކުރުމުން ބަލި މީހުންނަށް ފަރުވާ ދިނުމަށް ހުރަސްއެޅިފައިވާ ކަމަށެވެ. އެގޮތުން ހޮސްޕިޓަލްތަކުން ބޭނުންވާ ސިއްހީ ސާމާނު ހުސްވެ، އަނިޔާތައް ލިބިފައިވާ މީހުންނަށް ފަރުވާނުދެވި އެފަރާތްތައް ތަކުލީފު އުފުލަން ޖެހިފައިވާ ކަމަށެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ފަލަސްތީނުގެ 53،977 މީހުން މަރުވެ، 122،966 މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެ އެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިސްވެ އޮވެ ދިން ހަމަލާތަކުގައި އިސްރާއީލުގައި ގާތްގަނޑަކަށް 1،139 މީހުން މަރުވެ، 200 އަށް ވުރެ ގިނަ މީހުން އަޅުވެތިކޮށްފައިވެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް