މިފްކޯގެ ކުރީގެ ސީއީއޯ ޑރ. ވިޓާލީ ލިއުބިމޮވް (ވ)
މިފްކޯގެ ކުރީގެ ސީއީއޯ ޑރ. ވިޓާލީ ލިއުބިމޮވް (ވ)
ނޯޓިސް ނުދީ މިފްކޯގެ ވަޒީފާއިން ވަކިކުރި މައްސަލާގައި، ހަލައްކަ ރުފިޔާ ހޯދުމަށް މިފްކޯގެ ކުރީގެ ސީއީއޯ ޑރ. ވިޓާލީ ލިއުބިމޯވް ވަޒީފާއާބެހޭ ޓަރއިބިއުނަލަށް މައްސަލަ ހުށައަޅައިފިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު މިފްކޯގެ ސީއީއޯގެ މަޤާމާއި ހަވާލުވި ޑރ. ވިޓާލީ މިއަހަރުގެ މާރޗު މަހުގެ 17 ވަނަ ދުވަހު ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށައަޅާފައިވަނީ، ވަޒީފާއިން ވަކިކުރުމުގެ ނޯޓިސް ނުދީ ވަޒީފާއިން ކަނޑާލުމުން ނޯޓިސްގެ މުއްދަތަށްވާ 42،000 ޑޮލަރު ހޯދުމަށެވެ.

އެއީ ދިވެހި ރުފިޔާއިން ބަލާނަމަ 649211.33 ރުފިޔާއެވެ.

ޑރ. ވިޓާލީ މިފްކޯގެ ސީއީއޯގެ މަޤާމާ ޙަވާލުވިތާ ތިން މަސް ފަހުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަަޓައިޒޭޝަން ބޯޑުން މިއަހަރުގެ މާރޗު މަހުގެ 3 ވަނަ ދުވަހު ބުނީ، މިފްކޯގެ ސީއީއޯގެ އިތުރުން މެނޭޖިން ޑިރެކްޓަރުގެ މަޤާމުން އޭނާ ވަކިކޮށްފައިވާ ކަމަށެވެ.

މިމައްސަލާގައި މިފްކޯއިން ބުނެފައިވަނީ އެ ވަޒީފާއަކީ ވަޒީފާއާ ބެހޭ ޤާނޫނުގެ ތަރަހައިގެ ތެރޭގައި ހިމެނޭ ވަޒީފާއެއްތޯއާއި، އަދި އެ ވަޒީފާއިން ވަކިކުރުމުން އެ މައްސަލަ ބެލުމުގެ އިހްތިސާސް، ވަޒީފާއާ ވެހޭ ޓްރައިބިއުނަލަށް ލިބިގެންވޭތޯ ސުވާލުއުފައްދައި އެ މައްސަލައިގެ ފޯމު ބާތިލުކޮށްދިނުމަށް އެދިފައެވެ.

ނަމަވެސް، ޓްރައިބިއުނަލުން ވަނީ އެ މައްސަލަ ބަލައިގަނެ، އެ މައްސަލައަށް މައުޟޫއީ ގޮތުން ޖަވާބުދާރީވުމަށް މިފްކޯއަށް އަމުރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން