ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް، އައިޖީއެމް ހޮސްޕިޓަލުގައި އަލަށް ގާއިމްކޮށްފައިވާ 75 އެނދުގެ ޖާގައިގެ މަލްޓި-ސްޕެޝަލިސްޓް ސާޖިކަލް ވިންގް ހުޅުވައިފިއެވެ.

އެ ހޮސްޕިޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިތަން ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މިތަން ތަރައްގީކޮށްފައި ވަނީ އައިޖީއެމްއެޗްގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ލެބޯޓަރީ އާ ޖެހިގެންނެވެ. މިއީ 75 އެނދުގެ ޖާގައިގެ ވިންގެކެވެ.

މިއީ ސަރުކާރުން ރޯޑް ޑެލެވޮޕްމެންޓް ކޯޕަރޭޝަން އާރްޑީސިއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

މި ވިންގާ ގުޅޭ ގޮތުން އައިޖީއެމްއެޗުން ބުނީ، މަލްޓި-ސްޕެޝަލިސްޓް ސާޖިކަލް ވިންގާއެކު އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ހިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަަމަށެވެ. އަދި މަސައްކަތްތަކަށް އިތުރު ލުއި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށްވެސް ބުނެފައި ވެއެވެ.

އެ ހޮސްޕިޓަލުން ބުނީ ހާއްސަ އޮޕަރޭޝަންތަކުގެ ތަފާތު ދާއިރާތައް ހިމެނޭ ގޮތަށް ހިދުމަތް ދިނުމަށްޓަކައި މަލްޓި-ސްޕެޝަލިސްޓް ސާޖިކަލް ވިންގެއް ހުޅުވިގެން ދިއުމަކީ ސަރޖަރީ ދާއިރާއިން ސިއްހީ ދާއިރާއަށް އަންނަނާނެ އިންގިލާބީ ބަދަލެއް ކަމަށެވެ.

މިއަދު ހުޅުވި 75 އެނދުގެ ޖާގައިގެ މަލްޓި-ސްޕެޝަލިސްޓް ސަރޖިކަލް ވިންގަށް ޖެނެރަލް ވޯޑުގެ ގޮތުގައި 44 އެނދު، ހައިޑިޕެންޑެންސީ ޔުނިޓްގެ ގޮތުގައި 15 އެނދު، ޕްރައިވެޓް ރޫމްގެ ގޮތުގައި 14 ކޮޓަރީގެ އިތުރުން، ބާން ޔުނިޓެއްގެ ގޮތުގައި ފުރަތަމަ ފަހަަރަށް އަލަށް އެ ހޮސްޕިޓަލުގައި ދެ އެނދު ގާއިމް ކޮށްފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން