ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ އުފެއްްދުންތައް ރާއްޖޭން ބޭރަށް އެކްސްޕޯޓް ކުރުމަށް ހުރި ދަތިތައް ދެނެގަތުމަށް ދިރާސާތަކެއް ހަދަން ނިންމައިފިއެވެ.
ޔޫއެންޑީޕީއާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން މި ދިރާސާތައް ހަދަން ވަނީ ނިންމާފައެވެ. އެގޮތުން މި އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ސައީދެވެ. ޔޫއެންޑީޕީގެ ފަރާތުން ސޮއިކުރެއްވީ ޔޫއެންޑީޕީގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް ސަފީރު އެންރީކޯ ގަވޭލިއާއެވެ.
މި ދިރާސާއާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީން ބުނީ، ރާއްޖޭން ބޭރަށް މުދާ އެކްސްޕޯޓު ކުރުމުގައި މިހާރު ރެގިއުލޭޓަރީ ކަންކަމާއި އެކްސްޕޯޓު މަރުހަލާގައި ހޯދަން ޖެހޭ ހުއްދަތަކާއި ސެޓިފިކޭޝަން މިންގަނޑުތަކަށް ވާސިލްވުމުގައި އަދި ރަޖިސްޓްރީ ކުރުމުގެ މަރުހަލާތަކުގައި ގޮންހުންތަކެއް އެބަހުރި ކަމަށެވެ.
މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ވިޔަފާރިތަކަށް އެކްސްޕޯޓު ކުރުމުގައި އެކި ދާއިރާތަކުން ހުރި ދަތިތައް ދެނެގަނެވޭނެ ކަމަށެވެ. އަދި ދިވެހި ވިޔަފާރިތަކަށް ބައިނަލްއަގުވާމީ މާކެޓުގައި ހަރަކާތްތެރިވުމަށް، މިހާރު ދިމާވާ ދަތިތައް ދެނެގަންނާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
"ގިނަ އަދަދަކަށް މަސް ނުވަތަ ސީފުޑް ބާވަތްތައް އެކްސްޕޯޓް މި ކުރަނީ. އޭގެ އިތުރަށް އެކްސްޕޯޓަބަލް ނުވަތަ މާކެޓަށް ނެރެވިދާނޭ ބާވަތްތައް އެބަހުރި ޝައްކެއްވެސް ނެތް. އެހެން ނަމަވެސް އެކަން ކުރުމަށް ހުރަސްތަކެއް އެބަހުރި، މި ޕްރޮގްރާމުގެ ތެރެއިން އެ ޗެލެންޖެސްތައް އައިޑެންޓިފައިވެ އިތުރަށް ކުރިއަށް ދިއުމުގެ ފުރުސަތު ހުޅުވިގެން ދާނެ." އިކޮނޮމިކް މިނިސްޓަރު ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ދަށުން ކުރެވޭ ދިރާސާތަކުގެ އަލީގައި އިސްތިރާޖީ ޕޮލިސީތައް އެކުލަވާލައި ރާއްޖޭގެ އެކްސްޕޯޓް ފުޅާކުރުމަށް އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު