ގާނޫނީ ވަކީލުކަންކުރާ ދެމަފިރިއެއްގެ ވަކީލުކަމުގެ ހުއްދަ ރާއްޖޭގެ ބާ ކައުންސިލުން ހިފަހައްޓައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ ގާނޫނީ ވަކީލުންގެ ސުލޫކީ ގަވާއިދާ ހިލާފުވުމާ ގުޅިގެން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ބޭއްވި ކުއްލި ޖަލްސާއެއްގައެވެ.
ބާ ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، 2021 ވަނަ އަހަރު އެއްބަސްވުމެއް ނޯޓަރައިޒްކޮށްދިނުމުގައި ވަކީލް މެހެނާޒް ހުސައިނަށް ބާ ކައުންސިލުން ދޫކޮށްފައިވާ ޕަބްލިކް ނޯޓަރީ ސިއްކަ ބޭނުންކޮށް، ވަކީލު ޒުންނަވާރު ސަލީމް އެ ސިއްކައިގައި މެހެނާޒްގެ ސޮއިކޮށް އެއްބަސްވުން ނޮޓަރައިޒްކޮށްފައިވާކަމަށެވެ.
މި ދެ ވަކީލުންގެ އެ އަމަލަކީ ޕަބްލިކް ނޯޓަރީގެ ހިދުމަތުގެ ސައްހަކަމާމެދު އާންމުންގެ މެދުގައި ސުވާލު އުފެދޭނެފަދަ އަމަލުތަކެއްކަމަށާއި އަދި މިފަދަ އަމަލުތަކަކީ އާންމު މުޖުތަމައުގައި ގާނޫނީ ވަކީލުންނާއި ގާނޫނީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާމެދު އިތުބާރު ގެއްލިދާނެ ކަމެއްކަމަށް ބާ ކައުންސިލުން ވަނީ ބުނެފައެވެ.
އެހެންވެ އެ ވަކީލުންގެ މައްސަލަ ބެލި ޕެނަލުން ނިންމާފައިވަނީ މި އަމަލުތަކަކީ ގާނޫނީ ވަކީލެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭފަދަ އަދި ގާނޫނާ ހިލާފު އަމަލުތަކެއްކަމުން މެހެނާޒްގެ ވަކީލުކަމުގެ ހުއްދަ 12 މަސް ދުވަހަށް އަދި ޒުންނަވާރުގެ ވަކީލުކަމުގެ ހުއްދަ 15 މަސް ދުވަހުގެ މުއްދަތަށް ހިފެހެއްޓުމަށެވެ.

ކިޔުންތެރިންގެ ހިޔާލު