އިމިގްރޭޝަންގެ ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން
އިމިގްރޭޝަންގެ ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން
ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅެމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރިއަށްގެންދާ އޮޕަރޭޝަންގައި 25 ބިދޭސީއަކު އަތުލައިގެންފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ މިމަހުގެ 29 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައި 2 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެގޮތުން މި އޮޕަރޭޝަންގައި ޖުމަލް 102 ބިދޭސީން ޗެކްކޮށްފައިވާ ކަމަށާއި، 25 މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެއިދާރާއިން ހާމަ ކޮށްފައިވެއެވެ.

“ހެންވޭރުގައި ހުންނަ ގެއަކުން 7 ބިދޭސީންނާއި، މާފަންނު ހަވީރީ ގޯޅީގައި ހުންނަ ބިދޭސީން ދިރިއުޅެމުންދިޔަ ތަނަކުން 18 ބިދޭސީންނާއެކު ޖުމްލަ 25 ބިދޭސީން ވަނީ ސައްހަ ލިޔެކިޔުން ނެތި ރާއްޖޭގައި އުޅެމުންދިޔުމުގެ ސަބަބުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި.”އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.

2023 ވަނަ އަހަރުގެ ނޮވެމްބަރުން ފެށިގެން އިމިގްރޭޝަނުން ދަނީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމުގެ ގޮތުން އެފަދަ ބިދޭސީން ހޯދުމަށް ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ.

އަދި މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު މާލެ ސަރަހައްދުން އަތުލައިގެންފައިވާ އިރު، ޑީޕޯޓްކުރި ކުރި ބިދޭސީންގެ އަދަދު 6،700 އަށް ވުރެ ގިނައެވެ.

ސަރުކާރުން ބުނެފައިވަނީ، ރާއްޖޭގަ ތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް ބިދޭސީންގެ މައްސަލައަށް ތިން އަހަރުގެ ތެރޭގައި ޖުމްލަ ޙައްލެއް ގެނައުމަކީ އަމާޒެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން