އިމިގްރޭޝަން އޮފިސަރ ޓްރެއިނީގެ އިމްތިހާނުގެ ތެރެއިން
އިމިގްރޭޝަން އޮފިސަރ ޓްރެއިނީގެ އިމްތިހާނުގެ ތެރެއިން
މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރ ޓްރޭނިންގ އިމްތިހާނުގައި ބައިވެރިވެފައިވަނީ 549 ފަރާތުން ކަމަށް އެއިދާރާއިން ހާމަކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ، އެއިދާރާއިން ކުރިއަށްގެންދިޔަ ވޯކް-އިން އިންޓަވިއުތަކަށް ފަހު، އިންޓަވިއުގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ އިމްތިހާން މި މަހުގެ 28 އަދި 29 ވަނަ ދުވަހު ބާއްވާފައިވާ ކަމަށެވެ.

“އިންޓަވިއު ކުރެވުނު ފަރާތްތަކުގެ ތެރެއިން އިމްތިހާނުގައި ބައިވެރިވެފައިވަނީ 549 ފަރާތުން. ޖުމްލަ މާކުހާއެކު އެންމެ މަތިން މާކްސް ލިބުނު 50 ފަރާތް ވަރަށް އަވަހަށް އިއުލާން ކުރެވިގެންދާނެ.” އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.

ހަމައެއާއެކު މި އިމްތިހާނުގެ އިންތިޒާމުތައް ބައްލަވާލެއްވުމަށް، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ކޮމިޝަނަރ އޮފް ޕޮލިސް (ރޓ) އަޙްމަދު ފަޞީޙް އާއި، ޑެޕިއުޓީ ކޮންޓްރޯލަރ، އަޙްމަދު އަޝްފާން ވަޑައިގެންނެވި ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އިމިގްރޭޝަންގެ ވޯކް-އިން އިންޓަވިއު އަށް ބޮޑު ތަރުޙީބެއް ލިބިފައިވާއިރު، އެ ފުރުސަތު ހުޅުވާލީ 40 އަހަރުން ދަށުގެ މީހުންނަށެވެ. މި 50 ވަޒީފާއަށް ހޮވޭ ފަރާތްތަކަށް 6500 ރުފިޔާގެ އަސާސީ މުސާރައާއި 1500 ރުފިޔާގެ ސަރވިސް އެލަވަންސް ލިބޭނެ ކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.

އޭގެއިތުރުން ވަޒީފާގެ ބޭސިކް ތަމްރީނު ފުރިހަމަ ކުރުމުން މުސާރައިގެ 35 އިންސައްތަ ސްޕެޝަލް ސަރވިސް އެލަވަންސްގެ ގޮތުގައި ލިބޭނެ ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން