ގްރޭޓަަރ މާލެ ސަރަހައްދުން ކަރަންޓު ކެނޑުމުގެ ސަބަބުން ރައްޔިތުން ދިރިއުޅުމަށް ކުރާ މަސައްކަތްތަކަށް އަސަރުކުރާތީ މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ކަންބޮޑުވުން ފާޅު ކުރަށްވައިފިއެވެ.
މީސްމީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައި މޭޔަރު އާޒިމް މިއަދު ވިދާޅުވީ މާލެ އާއި ހުޅުމާލެއިން ކަރަންޓްގެ ޚިދުމަތް މެދު ކެނޑުމުގެ ސަބަބުން، ރައްޔިތުންގެ ޢާއްމު ދިރިއުޅުމަށް ވަރަށް ގިނަ ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
އެގޮތުން ރައްޔިތުންގެ ވިޔަފާރިއަށާއި، ދިރިއުޅުމަށް ކުރާމަސައްކަތަށް ވަރަށް ބޮޑަށް ގެއްލުން ލިބެމުންދާ ކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.
"ދިރިއުޅުމުގެ ހުރިހައި ކަމެއް އެއާ ގުޅިފައިވާ ކަރަންޓްގެ ޚިދުމަތުން، ލޮބުވެތި ރައްޔިތުން މަޙުރޫމް ވުމަކީ، އަޅުގަނޑު ނުހަނު ބޮޑަށް ދެރަވާ އަދި އެ ކަމާ ކަންބޮޑުވާ ކަމެއް." މޭޔަރު ވިދާޅުވިއެވެ.
އެހެންކަމުން މިފަދަ މައްސަލަތައް ހައްލުކުރުމަށް ސްޓެލްކޯއާއި ސަރުކާރުގެ ކަމާގުޅުންހުރި މުއައްސަސާ ތަކާއި، މާލެ ސިޓީ ކައުންސިލާއި މަޝްވަރާކޮށް، ކުރިޔަށް އޮތްތާންގައި ވެސް، މި ފަދަ މައްސަލަތައް ދިމާނުވާނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރުމަށް މޭޔަރ ވަނީ ގޮވާލައްވާފައެވެ.
ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެ، ހުޅުމާލެ އަދި ހުޅުލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާއިރު، މިހާރު ސްޓެލްކޯއިން ވަނީ ބައެއް ސަރަހައްދުތަކަށް ކަރަންޓުގެ ހިދުމަތް ދޭން ފަށާފައެވެ.
އަދި މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ރައީސް ޑރ. މުޢިއްޒު އެންގެވުމާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސްއިން ވަނީ މިކަމާގުޅޭ ޚާއްސަ ތަހުގީގެއް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު