މަރްޔަމް ނަހްދާ ވަޙީދު   1 ޖޫން 2025 - 16:51
ސްޓޭލްކޯ އޮފީސް
ސްޓޭލްކޯ އޮފީސް
ގްރޭޓަރ މާލެ ސަރަހައްދުގައި ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ހުޅުމާލެ ކޮޅުން ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯ ހެޑް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި މީޑިއާތަކަށް މައުލޫމާތު ދެމުން ސްޓެލްކޯއިން ބުނީ އެ މައްސަލަ ދިމާވެފައިވަނީ ސްޓެލްކޯގައި ތެޔޮ ނެތިގެން ނޫން ކަމަށާއި، ސްޓެލްކޯގައި ބޭނުންވާ ވަރަށް ތެޔޮ އެބަހުރި ކަމަށެވެ.

އަދި މައްސަލަ ދިމާވެގެން އުޅެނީ ހުޅުމާލޭގެ ޖެނެރޭޓަރަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށާއި، އެ މައްސަލަ ހައްލު ކުރުމަށްފަހު ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ. އަދި މާލޭގެ 53 އިންސައްތައަށް މިހާރުވެސް ކަރަންޓު ދެވިފައިވާކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ސްޓެލްކޯއިން އިތުރަށް ބުނީ މުޅިމާލެއަށް ކަރަންޓު ދެވޭނީ މާލެ، ހުޅުމާލެ ގުޅާލާފައިވާ އިންޓަކަނެކްޝަން އެނާޖައިޒް ކުރެވިގެން ކަމަށެވެ. އަދި ކުރިއަށް އޮތް 45 މިނެޓު ތެރޭގައި ހުރިހާ ހިސާބުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ.

މުޅި މާލެ ސަރަހައްދުން މިއަދު ގިނަ އިރުތަކެއްވަންދެން ކަރަންޓު ކެނޑި "ބްލެކްއައުޓް" އަކަށް ގޮސްފައިވާއިރު، އެމައްސަލަ ފުލުހުންވެސް ދަނީ ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން