ސްތެލްކޯގެ އޮފީސް
ސްތެލްކޯގެ އޮފީސް
ހުޅުމާލެ ރުއްގަނޑު 1 ސަރަހައްދު ފިޔަވައި ގްރޭޓާރ މާލޭގެ އެހެން ހުރިހާ ހިސާބަކަށް ކަރަންޓުގެ ހިދުމަތް އަލުން ދީފައިވާ ކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.

ސްޓެލްކޯއިން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ މާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު ކަރަންޓު ދީފައިވާ ކަމަށެވެ.

އަދި ހުޅުމާލެ ރުއްގަނޑު 1 ސަރަހައްދުގައި ބަހައްޓާފައިވާ ޓްރާންސްފޯމާއެއް ފިޔަވައި އެހެން ހުރިހާ ޓްރާންސްފޯމާއެއް މިހާރު އެނާޖައިޒް ކުރެވިފައިވާ ކަމަށް ސްޓެލްކޯއިން ބުނެފައި ވެއެވެ.

މި ޓްރާންސްފޯމާ ހުރި ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި ކަރަންޓު ނުލިބޭ ކަސްޓަމަރެއް ހުރިނަމަ ސްޓެލްކޯގެ އިމަޖެންސީ ނަމްބަރު 104 އަށް ގުޅުއްވައި އެކަން އެންގެވުމަށް ސްޓެލްކޯއިން ވަނީ އެދިފައެވެ.

މިއަދު މެންދުރުއްސުރެން މާލެ، ހުޅުމާލެ އަދި ހުޅުލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑި، މުޅި މާލެ "ބްލެކްއައުޓް" އަކަށް ގޮސްފައިވަނީ ހުޅުމާލެ ސަރަހައްދުގައި ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށް ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ.

މި މައްސަލަ ދިމާވުމުގެ ސަބަބުން މާލެ ސަރަހައްދުގެ ސްކޫލުތަކުގެ މެންދުރު ދަންފަޅީގެ ކިޔެވުންވެސް ވަނީ މެދުކަނޑާލާފައެވެ. އަދި ފުލުހުންވެސް މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން