މާލެ ސަރަހައްދުން ކަރަންޓު ކެނޑެން މެދުވެރިވި ސަބަބުތައް ބަލައި އެކަން ދިރާސާ ކުރަމުންދާކަމަށް އެންވަޔަރަމެންޓް މިނިސްޓަރ ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ދިމާވި މައްސަލައިގެ ސަބަބުން މާލޭގައި ގިނަ އިރުތަކެއް ވަންދެން ކަރަންޓުގެ ހިދުމަތް މެދުކެނޑުމާ ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން މިނިސްޓަރގެ ޕޯސްޓުގައި ވިދާޅުވީ މާލެ އާއި ހުޅުމާލެ އަދި ހުޅުލެއިން ކަރަންޓު ކެނޑުމާ ގުޅިގެން ކަރަންޓުގެ ހިދުމަތް އަނބުރާ ދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ. އަދި ދިމާވި މައްސަލަ ދިރާސާކޮށް، ބަލައި ކުރިއަށް އޮތްތަނުގައި އެފަދަ މައްސަލަތައް ދިމާނުވާނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
މާލެ ސަރަހައްދުން ކަރަންޓު ކެނޑެން މެދުވެރިވި ސަބަބެއް ސްޓެލްކޯއިން އަދި ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް، އެ މައްސަލަ ދިމާވީ ހުޅުމާލެ ކޮޅުން ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
މުޅި މާލެ "ބްލެކްއައުޓް" އަކަށް ދިއުމުގެ ސަބަބުން ސްކޫލުތަކުގެ މެންދުރު ދަންފަޅީގެ ކިޔެވުން ވަނީ މެދުކަނޑާލާފައެވެ.
މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް މިއަދު ވަނީ ކަމާ ގުޅުންހުރި އިދާރާތަކަށް އަންގަވާފައެވެ.

މާލެ، ހުޅުމާލެ އަދި ހުޅުލެ އިން ކަރަންޓު ކެނޑުމާއި ގުޅިގެން ކަރަންޓުގެ ޚިދުމަތް އަނބުރާ ދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް މިދަނީ ކުރަމުން އަދި ދިމާވި މައްސަލަ ދިރާސާކޮށް ބަލައި ކުރިއަށްއޮތްތަނުގައި މިފަދަ މައްސަލަތައް ދިމާނުވާނެގޮތަށް އިންތިޒާމްތައް ހަމަޖެއްސުމަށް…
— Thoriq Ibrahim (@Thoriqibrahim) June 1, 2025
މާލެ ސަރަހައްދުން ކަރަންޓު ކެނޑެން މެދުވެރިވި ސަބަބެއް ސްޓެލްކޯއިން އަދި ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް، އެ މައްސަލަ ދިމާވީ ހުޅުމާލެ ކޮޅުން ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
މުޅި މާލެ "ބްލެކްއައުޓް" އަކަށް ދިއުމުގެ ސަބަބުން ސްކޫލުތަކުގެ މެންދުރު ދަންފަޅީގެ ކިޔެވުން ވަނީ މެދުކަނޑާލާފައެވެ.
މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް މިއަދު ވަނީ ކަމާ ގުޅުންހުރި އިދާރާތަކަށް އަންގަވާފައެވެ.
ކިޔުންތެރިންގެ ހިޔާލު