[ސަމާސާ ކުރާނެ ކަމެއް ނެތް. މިރޭވެސް ތިއައީނު، ފިރިމީހާ ގެއްލިދާނެތީ ގޭގައި ބަހައްޓާފަ.] ލަހުފާ ވަށައިގެން ހޯދާލުމަށްފަހު ޒަހީން ނުފެނުމުން، ރާނިޔާއާ ދިމާކޮށްލިއެވެ.
[ޒަހީންވީ އޮފީހުގައި. ގެއްލެންޏާ ގެއްލެންވީ. އޭނާ އަންނާނެ އެގާރަގަޑި ބައިގައި.] އެއީ އެ ޕާޓީގެ އެންމެ ފޯރިގަދަވި ވަގުތެވެ. ތަފާތު ކެމެރާމަނުންތައް، އަންހެން ކުދިންގެ ފޮޓޯ ނަގަން ކޮޅުކޮޅަށް ދުވަމުން ދިޔައެވެ. ބައެއް ކުދިން އައިސް ލަހުފާގެ ފޮޓޯތަކެއްވެސް ނަގައިފިއެވެ. އެތަނުން އެއްވެސް ކުއްޖަކަށް ރާނިޔާގެ ފޮޓޯއެއް ނަގާކަށް ނުކެރުނެވެ. ކޮންމެ ކުއްޖަކުވެސް ރާނިޔާގެ ކުރިމައްޗަށް އެރުމަށްފަހު އެނބުރި ދަނީއެވެ.
[ކަލޭމެންނަށް މަގޭ ފޮޓޯ އެކަނިތަ ނަގަން ކެރެނީ. މީނާގެ ފޮޓޯއެއް އެންމެ ފަހަރަކުވެސް ނަގާބަލަ.] ލަހުފާ ކެމެރާތައް ހިފައިގެން ތިބި ކުދިންނަށް ރާނިޔާ ދައްކާލަމުން ބުންޏެވެ.
[އަހަރެމެންނަށް އޭނަގެ ފޮޓޯ ނަގާކަށް ނުކެރޭނެ. އަހަރެމެން ނަގަން ބޭނުމީ ލަހުފާގެ ފޮޓޯ އެކަނި.] އެތާހުރި ލާނެތްފާޑުގެ ފިރިހެން ކުއްޖަކު ބުންޏެވެ.
[ލަހުފާ ހީކުރީތަ، އަހަރެމެނަށް އޭނަގެ ފޮޓޯ ނަގަން ނުކެރޭނެ ކަމަށް.] އެ ތަނުގައި ހުރި ޚަލީލު ހިނިގަނޑެއް ޖަހާލަމުން، ކެމެރާ ރާނިޔާއާ އަމާޒު ކުރިއެވެ. ރާނިޔާ އެހުރިގޮތަށް ހުއްޓެވެ.
[ކަލޭވެސް ތިޔަހެން ކެމެރާ ހިފަހައްޓައިގެން ހުންނަން ޖެހޭނީ. ނަގާބަލަ ފޮޓޯއެއް.] ލަހުފާ ބުންޏެވެ. ލަހުފާ މިހެން ބުނުމުން، ޚަލީލު ރާނިޔާއާ ގާތަށް ޖެހިލިއެވެ.
ރާނިޔާ އޭނާގެ ބާރުގަދަ ދެލޮލުން ޚަލީލުގެ ކެމެރާއަށް ބަލައިލިއެވެ. އެ ބަލާލުމާއެކު، ޚަލީލުގެ އަތް ތުރުތުރު އަޅާގޮތްވެ، ކެމެރާ ބިންމައްޗަށް ވެއްޓިއްޖެއެވެ.
[ކަލެއަށް ނެގިއްޖެއެއްނު، އޭނަގެ ފޮޓޯއެއް.] އެތަނުން އެހެން ކުއްޖަކު ޚަލީލާ ދިމާކޮށްލިއެވެ. ޚަލީލު އަވަސް އަވަހަށް ބިންމައްޗަށް ވެއްޓުނު ކެމެރާ ނެގިއެވެ. އޭރު ކެމެރާގެ ލެންސް އޮތީ މުޅިން ފުނޑުފުނޑު ވެފައެވެ. އޭނާ ހުރީ ފާޑަކަށް ބިރުވެސްގަނެފައެވެ. އެކެން އެނގެނީ އޭނާގެ ޙަރަކާތް ހުރިގޮތުންނެވެ.
[އަހަރެން ދަނީ.] ޚަލީލު ފަސްބަލަމުން ކުރިއަށް ހިނގައިގަތެވެ. އޭނާ އެ ޙަރަކާތްތަކާއެކު ނުކުމެގެން ދިޔުމުން، އެތާނގައި ތިބި ހުރިހާ މީހުންވެސް ތިބީ ވަރަށް ބޮޑަށް ޙައިރާންވެފައެވެ.
[ކިހިނެއްވީ؟] ހިނިތުންވެލަމުން ރާނިޔާ އެއްސެވެ.
[ޝިޒޫ ބަލައިލި ގޮތުން އޭނާ ބިރުގަތީނު.] ދިމާކުރުމުގެ ގޮތުން ބުނި ނަމަވެސް، ރަޝްފާއަށް ބުނެވުނީ ހަމަ ތެދެކެވެ. ޚަލީލު ދިޔައީ ބިރުންނެވެ. ފޮޓޯ ނަގަން އުޅުނު ވަގުތު، އޭނާއަށް ރާނިޔާ ފެނުނީ ބިރުވެރި ސިފައެއްގައެވެ. އޭނާގެ އަތުން ކެމެރާ ވެއްޓުނީވެސް އެހެންވެއެވެ.
[ކޮން ވާހަކަތަކެއް؟] އެވަގުތު އެތަނަށް އައިސް މަޑުކުރީ ޒަހީނެވެ.
[މިރޭ މާ އަވަހަކަށް ނިމުނީތަ؟] ރާނިޔާ އެއްސެވެ.
[އެދިގެން އައީ. ދެން ނެތެއްނު މާ ގިނައިރެއް، އެއޮއް އެގާރަ ޖަހަނީއެއްނު.] ޒަހީން ގަޑިއަށް ބަލައިލިއެވެ.
[އެއްޗެއް ކާން ދާންވީނު.] ރަޝްފާ އެދުނެވެ. އޭރު ހުރިހާ މެހްމާނުންތައްވެސް ގޮސް ހުސްވެއްޖެއެވެ. ތިބީ މުޅިންވެސް ގާތް ރައްޓެހިންނެވެ.
[އަހަރެން އެކަނިތަ ކާންވީ. ރާނީ ކައިފިންތަ؟] ޒަހީން އެހިއެވެ.
[ރާނީ! މިހާރު ލޯބިން ކިޔަނީ ރާނީއޭތަ؟] ޒަހީން ރާނީއޭ ކިޔުމުން ލަހުފާ ދިމާކޮށްލިއެވެ.
ޒަހީން ހިނިތުންވެލަމުން ގޮސް ކާއެއްޗެތި އަތުރާލާފައި ހުރި މޭޒު ކައިރިއަށް ހުއްޓުނެވެ. ކައި ނިމިގެން ޒަހީނާއި ރާނިޔާ އެގޭގައި ރަޝްފާމެނާއެކު ވަރަށް ދަންވަންދެން ތިއްބެވެ.
[އަހަރެން މީ މިހާރު ބާކީ މީހެއްދޯ؟] ލަހުފާ ހުރެލާފައި ބުނެލިއެވެ.
[ލަހޫވެސް އަވަހަށް ޢަރީޝާ އިންނަން އުޅެބަލަ. އޭރުން ބާކީއެއް ނުވާނެއެއްނު.] ރަޝްފާ ޚިޔާލެއް ދިނެވެ.
[ކައިވެންޏަކީ ތިޔަހެން ބުނެލަން ފަސޭހަޔަސް، ކުރަން މާފަސޭހަ ކަމެއް ނޫން. އަދި ނޭނގެ، ޢަރީޝާ ބައްޕަމެން ރުހޭނޭ ކަމެއްވެސް. ރަޝްގެ މައިންބަފައިންނާއި އަހަރެންގެ މައިންބަފައިން ވަރަށް ތަފާތުވާނެ.] ލަހުފާގެ ވާހަކައިން އޭނާގެ މާބޮޑު އުއްމީދެއް ނެތްކަން އެނގެއެވެ.
[ވާހަކައިގައި ވަރަށް ގިނައިރު ތިބެވިއްޖެއެއްނު. ރާނީ ހިނގާ އަވަހަށް ދާން.] ޒަހީން ގަޑިއަށް ބަލާލަމުން ދާން ހިނގައިގަތެވެ.
[އެ ބުނިހެން އެއޮއް ބާރަޖަހަނީ. އަވަހަށް ހިނގާ ދާން.] ޒަހީންގެ ފަހަތުން ރާނިޔާވެސް ނުކުތެވެ. ރާނިޔާ ހުރީ ހިތް އަވަސްވެފައެވެ.
އެމީހުންނަށް ގެޔަށް އާދެވުނުއިރު، ބާރަޖަހަން ފަސްމިނެޓަށް ވެއްޖެއެވެ. ގަޑި ކައިރިވަމުންދާ ވަރަކަށް، ރާނިޔާގެ ހިތް ނުތަނަވަސްވަމުން ދިޔައެވެ.
[އަހަރެން އަންނާނަން ފާޚާނާއަށް ވަދެފައި.] ރާނިޔާ ޒަހީނާއެކު ކޮޓަރިއަށް ވަންނަމުން ބުންޏެވެ.
[ރޭގައެއްނު މީހަކު މަރުވެފައި އޮއްވާ ފެނުނީ. އެކަނި ދާން ބިރެއް ނުގަނޭތަ؟] ޒަހީން ބޭނުންވީ ރާނިޔާ ބިރުގަންނަވާށެވެ.
[ބިރުގަންނަން އަހަންނަނީ ޒަހީނެއް ނޫނޭ!] ރާނިޔާ ކޮޓަރިން ނުކުތެވެ. ޒަހީންވެސް އިރުކޮޅަކު ހުރުމަށްފަހު، ރާނިޔާގެ ފަހަތުން ލުއި ފިޔަވަޅު އަޅަމުން ނުކުތެވެ. ރާނިޔާ ފާޚާނާއަށް ވަނުމުގެ ބަދަލުގައި ނުކުތީ މަގަށެވެ. ފަހަތުން މަޑުމަޑުން ޒަހީންވެސް ނުކުތެވެ.
އޭރު މެންދަމު ބާރަ ޖަހައިފިއެވެ. ރާނިޔާގެ ހިނގުން އަވަސްވިކަން ޒަހީނަށް ފާހަގަކުރެވުނެވެ. ކުއްލިއަކަށް ރާނިޔާއަށް ޒަހީން ފެނުނީ ކަމަށްވެސް ވެދާނެއެވެ. އޭނާ އެދިމާގައި އޮތް އަނދިރި ގޯޅިއަކަށް އެޅިއެވެ. އެ ހިސާބުން ޒަހީނަށް ރާނިޔާ ގެއްލުނެވެ.
ޒަހީން އިތުރަށް ކުރިއަށް އެންމެ ފިޔަވަޅެއްވެސް ނޭޅިއެވެ. އެނބުރި އައީ ގެޔަށެވެ. އޭނާ ހީކުރީ ރާނިޔާ ފިލީ ކަމަށެވެ. އެހެންވެ އޭނާހުރީ ވަރަށް ރުޅިއައިސްފައެވެ.
ޒަހީން ގެޔަށް އައިސް ވަންތާ ދިހަވަރަކަށް މިނެޓް ފަހުން ރާނިޔާ އެނބުރި އައިސް ވަދެއްޖެއެވެ.
[ކޮންތާކަށް ގޮސްފައި ތިއައީ؟] ޒަހީން ހުރީ ރުޅިއައިސްފައެވެ.
[އަހަރެންގެ ފަހަތުން ދިޔައީމެއްނު. އެނގޭނެއެއްނު ދިޔަތަން.] ރާނިޔާ ވާހަކަ ދެއްކީ ހަމަޖެހޭގޮތް ދައްކަމުންނެވެ.
[ފާޚާނާއަށް ވަންނަ ނަމުގައި ނުކުތީ. އެކަމަކު ފާޚާނާއަކަށް ނުވަންނަމެއްނު. އަހަންނަށް ހީވަނީ މިހާރަކަށް އައިސް ރާނީ އަހަންނަށް ކަމެއް ސިއްރު ކުރާހެން.] ޒަހީން މަސައްކަތް ކުރީ އަޑިކޮންނާށެވެ.
[އަހަރެން ނުކުތްއިރުވެސް ދުށިން، ޒަހީން ފާރަލަނިކޮށް. އެހެންވެ ހިތަށްއެރީ ޒަހީން ތަޅުވާލާނީޔޭ.] ރާނިޔާ ބުންޏެވެ.
[އަހަރެން ފާރަލީއެއް ނޫން. ހިތަށްއެރީ، މާ ބިރުކުޑަވެގެން އުޅޭތީ ބިރުގަންނަވާލާނީޔޭ.] ރާނިޔާގެ ރޭވުންތެރިކަމުން ޒަހީން ހަމައަކަށް އެޅުނެވެ. ކޮންމެ ފަހަރަކުވެސް ގަދަވަނީ ރާނިޔާގެ ކޮޅެވެ.
[މިހާރު ސާބިތުވެއްޖެއެއްނު، އަހަރެން ބިރެއް ނުގަންނާނެކަން.] ރާނިޔާ ފަޚުރުވެރިވެލިއެވެ.
[އާނ ރާނީ ތިޔައީ ބިރުކުޑަ މީހެއް ކަމަށް އަހަރެން ޤަބޫލުކޮށްފިން.] ޒަހީން ރާނީއަށް ތަޢުރީފު ކުރިއެވެ.
*********************
މިގޮތަށް ދުވަސްތައް މާޒީވަމުން ގޮސް ރާނިޔާގެ ބަނޑަށް ނުވަމަސްވެ ދިޔައީއެވެ. މިހާރު ޒަހީން އިންތިޒާރު ކުރަމުންދަނީ، ރާނިޔާ ބަނޑުގައިވާ އޭނާގެ ދަރިފުޅު ފުރަތަމަފަހަރަށް، އޭނާއަށް ބައްޕާއޭ ކިޔާ ގޮވާލާނެ ވަގުތަކަށެވެ.
[އަހަރެން ބޭނުންވަނީ ރާނީ ކަހަލަ ލޯބިލޯބި އަންހެން ކުއްޖެއް.] ޒަހީން، ރާނިޔާގެ ބަނޑުގައި ކަންފަތް ޖައްސާލިއެވެ.
[އަހަރެން ކަހަލަ ކުއްޖަކު ލިބިއްޖިއްޔާ، ވަރަށް ނުރައްކާވާނެ.] ރާނިޔާ ހިނިތުންވެލިއެވެ. ރާނިޔާ އެބުނި އެއްޗަކާމެދު ޒަހީން ނުވިސްނިޔަސް، ރާނިޔާ އެ ހާމަކުރީ ޙަޤީޤަތެވެ.
[ކޮން ނުރައްކަލެއް. އާނ، ރާނިޔާހާ ރީތިވެއްޖިއްޔާ، ފިރިހެނުންނަށް ނުރައްކަލަކަށް ވެދާނެ. ރާނިޔާތީވެސް ނުރައްކާ މީހެއްނު. ރާނިޔާގެ ސަބަބުން މިހާރުވެސް އެކަކު މަރުވެއްޖެވިއްޔަ.] ޒަހީނަށް ބުނެވުނީ ޙަޤީޤަތަށެވެ.
[އޭ.....ކީކޭ؟....] ރާނިޔާއަށް ތެޅިގަނެވުނެވެ. އޭނާގެ މޫނުމަތި، ވަގުތުން މޮޅިވެއްޖެއެވެ. އޭނާއަށް ހީކުރެވުނީ، ޒަހީނަށް އޭނާގެ ޙަޤީޤަތް އެނގިގެންހުރެ ވާހަކަ ދެއްކީ ކަމަށެވެ.
[ކިހިނެއްވީ؟] ކުއްލިއަކަށް ހާދަ ހާސްވީ. ކޮންމެ ގޮތެއްވިޔަސް ބުނެވޭނީ ރާނީގެ ސަބަބުންނޭ ނާފިޒް މަރުވީ....ރާނީ ނާފިޒަށް ލޯބި ނުދިނީ ކީއްވެ....] ޒަހީން ކޮށިއެރިއެވެ. ކުރީގެ ހިތި ހަނދާންތަކެއް އާވުމުން، ދެލޯ ފެންކަޅިވެއްޖެއެވެ.
[ޒަހީން...ރޮނީތަ، ކޮބައިތަ މައްސަލައަކީ....] ރާނިޔާ ވާހަކަ ދެއްކީ ވަރަށް ބިރުން ހުރެއެވެ. ޒަހީނަށް ޙަޤީޤަތް އެނގުނީހެން ހީވާތީއެވެ.
[ނާފިޒްގެ މަތިން ހަނދާންވީ....] ޒަހީނަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަން ފަށައިފިއެވެ.
[ކޮން ކޮން ނާފިޒެއް....] ރާނިޔާއަކަށް ނޭނގުނެވެ.
[މިހާ އަވަހަށް ރާނީ ހަނދާން ނެތުނީތަ؟ ނާފިޒް މަރުވީ ރާނިޔާދެކެ ލޯބިވެގެނެއްނު. ރާނިޔާ ކީއްވެ، އޭނާއަށް ލޯބި ނުދިނީ.] ޒަހީނަށް ތަކުރާރު ކޮށްލެވުނީ، އެއް ޖުމްލައެކެވެ. ރާނިޔާއަކަށް ނުވިސްނުނެވެ.
[ޒަހީން...ލޯތްބަކީ ކުރާ ވިޔަފާރިއެއް ނޫނޭ. އަހަންނަކަށް އަހަރެންގެ ލޯބި ނީލަމެއް ނުކިޔޭނެ.] ޒަހީން ރޯތަން ފެނުމުން، ރާނިޔާއަށްވެސް ރޮވުނެވެ.
[އަހަންނަށްވެސް އެނގޭ، ކުރާ ވިޔަފާރިއެއް ނޫންކަން. އެކަމަކު އަހަންނަށްޓަކައި އެކަން ކޮށްދިންނަމަ، ނާފިޒް ދުނިޔޭގައި ހުރީހެއްނު.] ޒަހީން އޭނާގެ ލޮލުން އޮހެމުންދިޔަ ކަރުނަތައް، އަތުގެ ނުފުށުން ފޮހެލިއެވެ.
[ޒަހީން އެންމެފަހަރަކުވެސް އެކަމަށް އެދުނިންތަ؟] ރާނިޔާ މިފަހަރު ވާހަކަ ދެއްކީ ވަރަށް ޖެހިލުންވެހުރެއެވެ.
[ރާނީ ތިބުނީ ރަނގަޅަށް....އަހަންނަށް ރާނީގެ ކިބައިން އެކަމަށް ނޭދެވެނީސް ނާފިޒް މަރުވީ.] ޒަހީން އިތުރަށް ދެރަވެއްޖެއެވެ.
[ޒަހީން، ދެން ހިތާމަ ކުރުމަކުން، ވާނެ ކަމެއް ނެތް. ދެރަނުވޭ.] ރާނިޔާ ޒަހީނަށް ހިތްވަރު ދިނެވެ.
[ދެރަވާނެވަރު އެނގޭނީ، މިކަހަލަ އިމްތިޙާނަކާ ކުރިމަތިލެވުނުނަމަ.] ހއ. ކެލާގައި ހުރި ޝިޒްނީ ވާހަކަ ދެއްކީ ބޮޑުދައިތަގެ ދަރިފުޅު ފުއާދާއެވެ.
[ކޮންކަހަލަ އިމްތިޙާނެއްގެ ވާހަކައެއްތަ؟ ތިޔަ ކީ އެއްޗެއް އަހަންނަކަށް ނުވިސްނުނު.] ފުއާދަކަށް ނުވިސްނުނެވެ.
[ނުވިސްނޭނެ. ވިސްނޭވަރަށް ކިޔައިދޭކަށް ނުވެސް ކެރޭނެ.] ޝިޒްނީގެ އަޑުގައި ތުރުތުރުލުމެއް ހުއްޓެވެ. ޝިޒްނީ ހިތާމަކުރާ ސަބަބު ނޭނގުނު ނަމަވެސް، ފުއާދަށްވެސް ވަރަށް ބޮޑަށް އަސަރުކޮށްފިއެވެ.
[ޝިޒްނީ.......ތިޔަގޮތަށް އަހަރެންގެ ކުރިމަތީގައި ހިތާމަ ކުރުމުން، އަހަރެން ވަރަށް ދެރަވޭ. އަހަންނަށް ވަންޏާ، ޝިޒްނީ ތިޔަ ކުރާ ހިތާމަތައް ހުއްޓުވާނަން.] ފުއާދު ޝިޒްނީގެ ކޮނޑުމަތީގައި އަތް ބާއްވާލިއެވެ.
[ފުއާދަކަށް ނުވާނެ.] ޝިޒްނީގެ ޖުމްލަ ވަރަށް ކުރެވެ.
[ކީއްވެ ނުވާންވީ؟] ފުއާދު ހުރީ ޝިޒްނީއަށް އެހީތެރިވާން ބޭނުންވެފައެވެ.
[ފުއާދު އަހަރެންގެ ހިތަށް، އިތުރަށް ތަދުކުރުމުގެ ބޭނުމުގައި ނޫނީ، ތިގޮތަށް އަހަންނާ ވާހަކަ ނުދައްކާ.] ޝިޒްނީއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ.
[އަހަނ....އަނެއްކާވެސް ރޮނީ. މިހާރު ކިތައްފަހަރު ބުނެފިންތަ ހިތްވަރު ކުރާށޭ.] އެވަގުތު އެތަނަށް އައިސް ވަން ޝިޒްނީގެ ދައްތަ ޙަފީޒާ ބުންޏެވެ. ދައްތަ ފެނުމާއެކު، ޝިޒްނީ ކަރުނަތައް ފޮހެލާ ރުއިން ހުއްޓާލިއެވެ.
[ތިޔަހެން ކަންތައް ކުރަންޏާ، އެހީވާން ތިބޭ ބަޔަކުވެސް އެހީއެއް ނުވާނެއެއްނު.] ޙަފީޒާ ހުރީ ކޮންމެވެސް ވަރަކަށް ރުޅިއައިސްފައެވެ. އޭނާ ދޭ ނަޞޭޙަތުގައި ޝިޒްނީ ނުހިފާތީއެވެ.
[ދައްތާ، އަހަރެން ދެނެއް ނުރޯނަން. އެކަމަކު ދެރަވޭ.] ޝިޒްނީ ހިނިތުންވާން މަސައްކަތް ކުރިއެވެ.
********************
މިއަދަކީ ޒަހީންގެ ޙަޔާތަށް އައި އެންމެ އުފާވެރި އެއް ދުވަހެވެ. އޭނާއަށް ލޯބި ލޯބި ފިރިހެން ކުއްޖަކު ލިބުނު ދުވަހެވެ. ދަރިފުޅު ލިބުމަކުން ރާނިޔާގެ މޫނުމައްޗަކުން މާބޮޑު އުފާވެރިކަމެއް ނުފެނެއެވެ.
މިއަދު އެންމެބޮޑު އުފަލެއް ޙިއްޞާކުރާ ދެވަނަ އަދި ތިންވަނަ ފަރާތަކީ ޒަހީންގެ މަންމައާއި ބައްޕައެވެ.
[ހީވަނީ ހަމަ ކުޑަ ކުޑަ ޒަހީނެއްހެން.] ފާއިޒާ އުފަލުން ވަރެއްނެތެވެ.
[މަންމަ ހާދަ އަވަހަކަށް ވައްތަރު ތިޔަ ކިޔަނީ.] ޒަހީންވެސް ހުރީ ވަރަށް އުފާވެފައެވެ. އޭރު ފޫޅުމައިންވެސް އެމީހުންގެ މަސައްކަތް ނިންމާލުމަށްފަހު ހިނގައްޖެއެވެ.
[ބައްޕައަށް އެސޮރު ވައްތަރީ ރާނިޔާއާ.] ރާފިޢަށް ވައްތަރު ތަފާތުވިއެވެ.
[މަރުޙަބާ....މަރުޙަބާ....] އެވަގުތު އެގެޔަށް އައިސް ވަނީ ލަހުފާއާއި ރަޝްފާއެވެ.
[ހާދަ ލަހަކުން ތިޔަ އާދެވުނީ.] އެނދުގައި އޮތް ރާނިޔާ އެނދުން ތެދުވަމުން ޝަކުވާ ކުރިއެވެ.
[އޭ ބަލަ! އަދި ތެދުވާކަށް ނުވާނެޔޭ. ޝަކުވާ ކުރެވިދާނެޔޭ އޮށޯވެ އޮތަސް.] ރަޝްފާ ގޮސް ރާނިޔާ އޮތް އެނދުގެ މަގަތުގައި އިށީންނަމުން ބުންޏެވެ. ލަޙުފާ ފާއިޒާގެ އަތުގައި އޮތް ދަރިފުޅު ނެގިއެވެ.
[ކުޑަ ކުޑަ ޝިޒޫއެއް. ހާދަ ވައްތަރޭ.] ލަހުފާ ކުޑަ ދަރިފުޅާ ލޯބިކޮށްލަމުން ވައްތަރު ކިޔެވެ.
[އަހަންނާ ވައްތަރިއްޔާ، ކުރިމަގުގައި ވަރަށް ނުރައްކާވާނެ.] ރާނިޔާ ޖޯކަކަށް ހަދައިގެން ޙަޤީޤަތް ހާމަކުރިއެވެ. އެތަނުން އެކަކަށްވެސް ރާނިޔާ ބުނި އެއްޗެއް ނުވިސްނުނެވެ.
[މަންމާ، ރަޝްފާމެނަށް ކޮންމެވެސް އެއްޗެއް ގެނެސްބަލަ.] ޒަހީން މަންމައަށް ގޮވާލުމަށްފަހު އެދުނެވެ.
[އަހަންނަށް ވަރަށް އުނދަގޫ، މިހެން އޮށޯވެ އޮންނަން.] ރާނިޔާ އެނދުން ތެދުވިއެވެ.
އެދުވަހު ރަޝްފާމެން އެގޭގައި ވަރަށް ގިނައިރު ވަންދެން ތިއްބެވެ.
އާ މެންދަމަކަށް ފެށުނީއެވެ. ޒަހީނަށް ނިދިއްޖެހެން ހީވުމާއެކު ރާނިޔާ ކޮޓަރިން ނުކުތެވެ. އޭރު ބާރަޖަހަން ހުރީ ވަރަށް ކައިރިވެފައެވެ. އެރޭގެ ނަޞީބު ދިމާކުރި ގޮތުން، ރާނިޔާ ކޮޓަރީގެ ދޮރު ލެއްޕި އަޑަށް ޒަހީނަށް ހޭލެވިއްޖެއެވެ. ވަށައިގެން ހޯދާ ބަލައިލުމަށްފަހު، ޒަހީން ކޮޓަރިން ނުކުމެއްޖެއެވެ. ބޮޑު ކޮޓަރިއަކުވެސް ރާނިޔާ ފެންނާކަށް ނެތެވެ.
[ރާނީ....ރާނީ....] ޒަހީން ރާނިޔާއަށް ގޮވާލިއެވެ. އެންމެފަހުން ރޭގައި ރާނިޔާ ކަންތައް ކުރިގޮތް ހިތަށް އެރުމާއެކު، އޭނާ މަގަށް ނުކުތެވެ. ދެކޮޅު ހޯދާ ބަލާލުމުން، ދުރުން މާދުރުން ރާނިޔާގެ ހިޔަންޏެއްވިއެވެ. ޒަހީން ބަލާކަށް މަޑެއް ނުކުރެއެވެ. އެހިޔަންޏާ ދިމާލަށް ހިނގައިގަތެވެ.
އޭނާގެ ހިތުގައި އެއީ ރާނިޔާ ކަމުގެ ޔަޤީންކަން ބޮޑުވީ، އެމީހަކު ފަސްއެނބުރި ބެލީމައެވެ. މޫނު ނުފެނުނަސް، ފެނުނު ހަށިގަނޑުން އެއީ ރާނިޔާއަށް އޭނާއަށް އެނގުނެވެ.
ކިތަންމެ ޔަޤީންކަން ބޮޑުވިޔަސް އޭނާގެ ހިތަށް ބިރުވެރިކަން ސަވާރުވާން ފެށިއެވެ. އާދަޔާ ޚިލާފު ގޮތަކަށް މަރުވެދިޔަ ދެމީހުންގެ ހަނދާންތައް އާވިއެވެ. މިހަނދާންތައް އާވުމުން، އޭނާއަށް ކުޑަހިނދުކޮޅަކަށް މަޑުޖެހިލެވުނެވެ. ދެން އޭނާ ބަލައިލީ އަތުކުރީގައި އޮތް ގަޑިއަށެވެ.
[އޭތް....ބާރަގަޑި ބައިވަނީ.] އޭނާއަށް ހިތާހިތާ ކިޔާލެވުނެވެ. އޭރު ދުރުން ހިނގާފައި ދިޔަ އަންހެން މީހާ އޭނާއަށް ގެއްލުނެވެ. އިތުރަށް އޭނާ އެތާކު މަޑެއް ނުކުރެއެވެ. އެނބުރި ގެޔަށް ދިޔުމަށްޓަކައި ހިނގައިގަތެވެ.
ޒަހީން ކޮޓަރިއަށް ވަންއިރު ރާނިޔާ އެނދުގައި އޮތެވެ.
[މެންދަންވެފައި ވަނިކޮށް ކޮންތާކުން ތިޔައައީ؟] ޒަހީން އައިސް ވަނުމުން ރާނިޔާ އެއްވެސް ކަމެއް ނޭނގޭ ކަމަށް ހެދިއެވެ.
[މިއައީ....މިއީ! ރާނީ އައީ ކޮންތާކުން؟] ޒަހީން ޖަވާބުދޭން އުޅެފައި ސުވާލު ކުރިއެވެ.
[އަހަރެން މިއައީ ފާޚާނާއިން. ފާޚާނާއިން ނިމިގެން އަހަރެން އައިއިރު ޒަހީނެއް ނެތް. ހާދަ ބިރުގެންފައި ހުރިހެން ހީވެޔޭ.] ރާނިޔާ ހިނިތުންވެލިއެވެ.
[އަހަރެން ބިރުގެންފައި ހުރިކަން އެނގުނީޔޯ؟] ޒަހީންގެ ހިތުގައި ސުވާލު އުފެދުނެވެ.
[ޒަހީން ވާހަކަ ދައްކާ ގޮތުން އެނގެނީ.] ރާނިޔާ ތެދުވިއެވެ. ޙަޤީޤަތުގައިވެސް ޒަހީން ހުރީ ބިރުގެންފައެވެ.
[ރާނީ ބޭރަށް ނުނުކުންނަންތަ؟] ޒަހީން އެނދުގައި އޮށޯވެލިއެވެ.
[ކޮންއިރަކު......؟] ޒަހީން ކިޔަން އުޅޭ އެއްޗެއް ރާނިޔާއަށް އެނގެއެވެ.
[މީގެ ކުޑަ ވަގުތުކޮޅެއް ކުރިން.] ޒަހީން ބުންޏެވެ.
[ނުދަން ކިހިނެއްވީ؟ ކުރީރޭ ގޮތަށް އަހަރެން ނުކުތީ ކަމަށްދޯ ތިޔަ ހީކުރީ.] ރާނިޔާ ޙަޤީޤަތް ފޮރުވުމަށްޓަކައި ދޮގު ހެދިއެވެ.
[އާނ....ރާނީ...އަހަރެން ހީކުރީ މިރޭވެސް ރާނީ ނުކުތީ ބޭރަށް ކަމަށް. ފާޚާނާވެސް ބަލާނުލާ އަހަރެން ނުކުތީ ބޭރަށް. އަޞްލުގައިވެސް ވަރަށް ބިރުގެންފި.] ޒަހީން ކުރިއަށް ނުގެންގޮސް ހުއްޓާލައިފިއެވެ.
[ބޭރަށް ނުކުތީމަ ކިހިނެކޭވީ؟] ރާނިޔާ ޝައުޤުވެރިވާ ގޮތް ދެއްކިއެވެ.
[ނޭނގެ. މިހާރު މިހިރީ ހިތް ބިރުގެންފައި.] ޒަހީން އެ ވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ.
[އަޅެ ބުނެބަލަ، ކޮންކަމަކާތަ، ބިރެއް ފެނުނީތަ؟] ރާނިޔާ ސުވާލުތައް ގިނަކޮށްލިއެވެ.
[އަހަންނަށް ފެނުނީ އަންހެނަކު. އެއީ ރާނީ ކަމަށް ހީކޮށް، އަހަރެން އޭނަގެ ފަހަތުން ވަރަށް ދުރަށް ދިޔައިން. ވަކި ހިސާބަކުން ވީނުވީއެއް ނޭނގި ގެއްލިއްޖެ. އަހަންނަށް ޔަޤީންވޭ، އެއީ އިންސާނެއް ނޫން ކަމަށް. އިންސާނަކު އެގޮތަށް ނުގެއްލޭނެއެއްނު.] ޒަހީން ވީގޮތް ރާނިޔާއަށް ކިޔައިދިނެވެ.
[ނަޞީބެއްނު ޒަހީނަށް މިކޮޅަށް އާދެވުނުކަން. ދެންވެސް މެންދަމުގެ ވަގުތުތަކުގައި މަގުމައްޗަށް ނުނިކުންނާތި.] ރާނިޔާ ޒަހީނަށް ބިރުދައްކާ ކަހަލަ ގޮތަކަށް ބުނެލިއެވެ.
އެރޭ ޒަހީނަށް ބިރުން އެންމެ ލޮލުފިޔައެއްވެސް ނުޖެހުނެވެ.
ހެނދުނު ތެދުވެ، ޒަހީންގެ ބައްޕަ ރާފިޢަށާއި މަންމައަށް ރޭގެ ޙާދިޘާގެ ވާހަކަ ކިޔައިދިނެވެ.
[ދަރިފުޅު ކީއްކުރަން އެހާ މެންދަމުގެ ވަގުތުތަކުގައި ބޭރަށް ނުކުންނަނީ. މި އަވަށަކީ މެންދަމަށް ވަރަށް ނާމާން އަވަށެކޯ، މީހުން ކިޔާތީ އަޑުނާހަންތަ؟] ރާފިޢުވެސް ހުރީ ބިރުގެންފައެވެ.
[ދަރިފުޅުމެން އެގަޑީގައި ބޭރަށް ނުނުކުންނާތި. މަންމަވެސް ވަރަށް ބިރުގެންފި. ނަޞީބެއްނު ދަރިފުޅު ސަލާމަތްވިކަން.] ފާއިޒާ އޭނާގެ ދަރިފުޅުގެ ނަޞީބާމެދު ޝުކުރުވެރިވިއެވެ.
[މަންމާ، މި ރާނީވެސް ކޮންމެ ރެޔަކު ދަންވަރު އެކަނި ބޭރަށް ނުކުމެޔޭ.] ޒަހީން ރާނިޔާ ކުށްވެރި ކުރިއެވެ.
[އަހަރެން ދަންވަރު ނުކުތަސް ވަރިހަމަނު. މަށަކާ ތިޔަކަހަލަ ބިރުވެރި ކަމަކާ ދިމާނުވޭވިއްޔަ.] ރާނިޔާ ފަޚުރުވެރިކަމާއެކު ބުންޏެވެ.
[ތިޔަހެން ނުކުންނަނިކޮށް އަދި ދިމާވާނެ.] ޒަހީން ބޭނުންވީ ރާނިޔާ ބިރުގަންނަވާލާށެވެ. ރާނިޔާ ހިނިތުންވެލިއެވެ.
[ދަރިފުޅާ! ބައްޕަ މިދަނީ ބާޒާރަށް. ދަރިފުޅުމެން އެއްޗެއް ގަންނަންވެފައި އެބައޮތްތަ؟] ރާފިޢު ނުކުންނަން ހިނގައިގަންނަމުން ބުންޏެވެ.
[ނޫން. ބައްޕާ މިއަދަކު ބޭނުމެއްނުވޭ.] ރާފިޢަށް ޖަވާބު ދިނީ ރާނިޔާއެވެ. ރާނިޔާގެ މި ޖަވާބާއެކު ރާފިޢު ނުކުތެވެ.
[ހިނގާ ސައިބޯން. އަދި ތިޔަހުރީ ސައި ނުބޮއެއްނު.] މަންމަ ފާއިޒާ ކާކޮޓަރިއަށް ވަންނަމުން ބުންޏެވެ. ޒަހީނާއި ރާނިޔާވެސް މަންމަގެ ފަހަތުން ކާކޮޓަރިއަށް ވަދެއްޖެއެވެ.
[މިއަދު ކޯޗެއް ހުރީ. އަހަރެން ކާހިތްވަނީ ތެލުލިމަސް.] ޒަހީން ސައިބޯން އިށީންނަމުން ބުންޏެވެ.
[މަސްވެސް ތެލުލީމޭ.] މަންމަ ތެއްލިމަސް ތައްޓަކަށް އަޅައިގެން އައިސް މޭޒުމަތީގައި ބެހެއްޓިއެވެ.
[ހާދަ ވަސްގަނޑު ރަނގަޅޭ. ވަހުންވެސް ކުޅު ދިޔާވެއްޖެ.] ކާއެއްޗެހީގެ ވަސް ޖެހުމުން ޒަހީން ދަހިވިއެވެ.
[މި ޒަހީން ދުވަހަކުވެސް ބޮޑެއް ނުވާނެ. ބަލާބަލަ މިހާރުވެސް ދައްކާ ވާހަކަ. ހީވަނީ ކުޑަކުއްޖެއްހެން.] މަންމަ ހިނިތުންވެލަމުން ޒަހީނަށް ބަލާލިއެވެ.
އެދުވަސް ފާއިތުވުމަށްފަހު، ޖެހިގެން އައި ދުވަހުގެ ރެޔަކީވެސް ރާނިޔާ ވަރުގަދަ އިމްތިޙާނަކާ ކުރިމަތިލާން ޖެހުނު ރެއެކެވެ. އޭނާގެ އަތުން ތިންވަނަ އިންސާނެއްގެ ފުރާނައާ ކުޅެލެވުނީއެވެ. މިފަހަރު އޭނާގެ ޝިކާރައަކަށްވީ، ޖެހިގެން ހުރި ގޭ ޖާބިރާއެވެ.
އެރޭ އޭނާއަށް ގެއިން ނުކުމެވުނުއިރުވެސް ވަނީ އޭނާގެ ސިފައަށް ބަދަލު އަންނަން ފަށާފައެވެ. ހަމައިގައި ހުރެގެން އޭނާއަށް ދެވުނީ ޖާބިރާމެންގެ ގެޔާ ހަމައަށެވެ. އެހާތަނުން އޭނާ ބަދަލުވެ ހަމައިން ނެއްޓިއެވެ. އޭނާއަށް އެގޭތެރެއަށް ވަދެވުނުއިރު، އެގޭ ބޮޑު ކޮޓަރި އުނދޯލީގައި ޖާބިރާއާއި ޖާބިރާގެ ފިރިމީހާ ޙުސޭނާއި، މަންމަ މަރިޔަމް މޫސާ ވަރަށް އޮލަ ވާހަކައެއްގެ ތެރެއަށް ގެއްލިފައި ތިއްބެވެ. ދައްކަމުންދިޔަ ވާހަކައިގެ ފޯރީގައި، ގަޑި ހިނގާ ނުހިނގާ ގޮތްވެސް އެމީހުންނަށް ނޭނގޭ ކަހަލައެވެ.
ކުއްލިއަކަށް ދައްކަމުންދިޔަ ވާހަކަ ހުއްޓާލުމަށްފަހު، ޖާބިރާ ހަޅޭއްލަވައިގަތެވެ.
[ޙުސޭނު ނިކަން ބަލާލަބަލަ، ދޮރުމަތީ އެހުރި އެއްޗެއް.] ޖާބިރާއަށް ބުނެވުނީ މިހާ ހިސާބަށެވެ. އަމިއްލަ އެއްވެސް ބާރަކާނުލާ އޭނާއަށް ރާނިޔާ ހުރި ދިމާލަށް ހިނގައިގަނެވިއްޖެއެވެ.
[އޭ ޖާބިރާ ދޮރުމަތީގައި ކޯޗެއްތަހުރީ. މަޑުކޮށްބަލަ ކޮންތާކަށް ތިޔަދަނީ.] ޙުސޭނު ޖާބިރާ ހިފަހައްޓަން އުޅުނެވެ. އެހެނަސް އޭނާއަށް އެއްވެސް ބާރެއް ނުދެއްކުނެވެ. ޖާބިރާ އޭނާގެ އަތް ފޮޅުވާލިއެވެ.
[ދަރިފުޅާ ޖާބިރާ! ކާކުތަ ދޮރުމަތީގައި ހުރެގެން ތިޔަ އުޅެނީ؟ ދަރިފުޅަށް އެކަނި ފެންނަ މީހެއްތަ؟] ޖާބިރާގެ މަންމަވެސް ޖާބިރާ ދައްކަން އުޅޭ މީހަކު ނުފެނިގެން ޙުސޭނުގެ ފަހަތުގައި ހުރެގެން ހިނގައިގަތެވެ.
ދޮރުމަތީގައި ހުރި ބިރުވެރި ސިފައިގައިވާ ރާނިޔާ ފެންނަނީ ހަމައެކަނި ޖާބިރާއަށެވެ. ޖާބިރާ ދޮރާ ހަމައަށް އެގެންދަނީ، ރާނިޔާގެ ބޭނުން ހިސާބަކަށް ދިގުކޮށްލެވޭ އަތުގެ ބާރުންނެވެ.
ދޮރާ ހަމައަށް ގޮސް ޖާބިރާ ހަޅޭއްލަވައިގަތެވެ. އޭރު އޭނާގެ ކަރުން ލޭތައް ފައިބަނީއެވެ. ޙުސޭނުމެނަށް އޭނާއާ އަރާހަމަކުރެވުނުއިރު، ޖާބިރާ ބިންމައްޗަށް ދެމިއްޖެއެވެ. މުޅި މީހާވަނީ ލެއިން ތަތްތެޅިފައެވެ.
[ޖާބިރާ.....!] ޙުސޭނަށާއި މަންމައަށް އަޑުގެ ކޮޅަށް ގޮވާލެވުނެވެ. އޭރު ޖާބިރާ އޮތީ މޫނުވަތަށެވެ. އެހެންވެ އޭނާގެ މޫނުމައްޗަށް ވެފައި ހުރި ގެއްލުންތައް އެނގުނީ ކޮޓަރިއަށް ގެންދިޔައީމައެވެ.
ދަރިފުޅު ޖާބިރާއަށް ލިބުނު އާދަޔާ ޚިލާފު ގެއްލުން ލޮލަށް ފެނިފައި، މަރިޔަމް މޫސާ ހަމަ ވަގުތުން ހޭނެތުނެވެ.
(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު