އަންހެނުންނަށް ހާއްސަ ލޯނު ސްކީމް "ފަށާ މަދަދު" ލޯނު ޕްރޮގްރާމްގެ ދެވަނަބުރުގައި ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު 15 ޖޫންގައި ހުޅުވާލަން ހަމަޖެހިފައިވާކަމަށް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިރޭ ބުނީ، އެސްޑީއެފްސީއާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އަދި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ގުޅިގެން، ވިޔަފާރީގައި ހަރަކާތްތެރިވާ އަންހެނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެކުލަވާލާފައިވާ ފަށާ މަދަދު ލޯން ސްކީމްގެ ދެވަނަ ފިޔަވަހީގެ އެޕްލިކޭޝަން ބަލައިގަތުން 15 ޖޫންގައި ހުޅުވާލަން ހަމަޖެހިފައިވާކަމަށެވެ.
މި ޕްރޮގްރާމަކީ ވިޔަފާރީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް އަންހެނުންނަށް ހާއްސަ ލޯނު ސްކީމެއް ތައާރަފު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވައުދުގެ ދަށުން ކުރިއަށް ގެންދާ ލޯނު ސްކީމެކެވެ.
މި ލޯނު ސްކީމްގެ ފުރަތަމަ ފިޔަވައްސަށްވެސް ގިނަ ހުށަހެޅުންތަކެއް ލިބިފައިވާއިރު، މި ސްކީމްގެ 25 އިންސައްތަ ހާއްސަ ކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށެވެ.
މި ސްކީމް ބަހާލާފައިވަނީ ޖުމުލަ 5 ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާގޮތަށެވެ. ސަރުކާރުން މި ސްކީމް ހިންގުމަށް 100 މިލިއަން ރުފިޔާ މި އަހަރުގެ ބަޖެޓުގައިވަނީ ހިމަނާފައެވެ.

ވިޔަފާރީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް އަންހެނުންނަށް ޚާއްޞަ ލޯން ސްކީމެއް ތަޢާރަފުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެލެއްވި ވައުދުފުޅާ އެއްގޮތަށް އެސްޑީއެފްސީއާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އާއި މިނިސްޓްރީ އޮފް… pic.twitter.com/xfPm55UH57
— Ministry of Social and Family Development (@MSFDmv) June 1, 2025
މި ލޯނު ސްކީމްގެ ފުރަތަމަ ފިޔަވައްސަށްވެސް ގިނަ ހުށަހެޅުންތަކެއް ލިބިފައިވާއިރު، މި ސްކީމްގެ 25 އިންސައްތަ ހާއްސަ ކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށެވެ.
މި ސްކީމް ބަހާލާފައިވަނީ ޖުމުލަ 5 ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާގޮތަށެވެ. ސަރުކާރުން މި ސްކީމް ހިންގުމަށް 100 މިލިއަން ރުފިޔާ މި އަހަރުގެ ބަޖެޓުގައިވަނީ ހިމަނާފައެވެ.
ކިޔުންތެރިންގެ ހިޔާލު