ސައުދީ އަރަބިއްޔާގައި މިހާރު ކުރިއަށްދާ 48 ވަނަ ގްރޭންޑް ހައްޖު ސިމްޕޯޒިއަމްގައި ދިވެހިރާއްޖެ ބައިވެރިވެއްޖެއެވެ.
މި ސިމްޕޯޒިއަމްގައި ރާއްޖެ ތަމްސީލުކުރައްވާފައިވަނީ ހައްޖު މިޝަންގެ ރައީސް އަލްއުސްތާޒް އުސާމް މުޙައްމަދެވެ.
މިއަދު ފެށި މި ސިމްޕޯޒިއަމްގައި ސައުދީ އަރަބިއްޔާގެ ހައްޖު މިނިސްޓަރާއި އެކި ގައުމުތަކުގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ. މި ސިމްޕޯޒިއަމްގައި، މީޑިއާތަކަށް ހާއްސަކޮށްގެން އެވެއާނަސް ސެޝަނެއް އަދި ހައްޖު މިޝަންތަކުގެ ޑޮކްޓަރުންނަށް ޚާއްސަކޮށްގެން ހެލްތު ވޯކްޝޮޕެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އަދި ހައްޖުގެ އަޅުކަން އަދާކުރާ ފަރާތްތަކަށް ފަހިވާނެގޮތަށް ކަންކަން ރޭވުމާއި ތަރައްގީ ކުރުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ފޯރަމަކީ 1977 ވަނަ އަހަރުން ފެށިގެން ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ ފޯރަމެކެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަމަށް ދިވެހިރާއްޖެއިން ދާ 1000 ހައްޖާޖީން މިހާރު ވަނީ ސައުދީ އަރަބިއްޔާއަށް ދަތުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު