ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް މުހައްމަދު ސަލީމް އަދި އަބްދުﷲ ހަމީދު އައްޔަންކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
ސުޕްރީމް ކޯޓުގެ ބެންޗުން ދެ މަޤާމެއް ހުސްވެފައިވަނީ ސުލޫކީ މައްސަލައެއްގައި އެ ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް ޢަލީ ޒާހިރު މަޤާމުން ވަކިކުރުމާ ގުޅިގެންނެވެ. މިދިޔަ މަހުގެ 14ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ދެ ބޭފުޅުން މަގާގުން ވަކިކުރައްވާފައިވަނީ 68 މެންބަރުންގެ ވޯޓުންނެވެ.
އެހެންކަމުން ޖުޑީޝަލް ސާވިސް ކޮމިޝަނުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުވާފައި ވަނީ، ހުސްވެފައިވާ ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ މަޤާމަށް ޝައުގުވެރިކަން ފާޅުކުރެއްވި 12 ބޭފުޅުންގެ ތެރެއިން ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދުގެ ނަންފުޅު މަޖިލީހަށް ފޮނުއްވުމަށެވެ.
އަދި އެބޭފުޅުންނަށް ރުހުން ހޯއްދެވުމުގެ މައްސަލަ ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވުމުން، މިއަދުގެ ޖަލްސާގައި އެ މައްސަލަ ފޮނުވާފައިވަނީ ޖުޑީޝަރީ ކޮމިޓީއަށެވެ.
ފަނޑިޔާރު ސަލީމް ވަނީ ހައިކޯޓުގެ ލީގަލް އޮފިސަރުގެ މަޤާމު 12 އަހަރު ދުވަހުގެ މުއްދަތަކަށް ފުރުއްވާފައެވެ. އަދި ފަނޑިޔާރު ހަމީދު ވަނީ 2007 ޑިސެމްބަރު 09 ވަނަ ދުވަހުން ފެށިގެން، 2022 ޖޫން 6 ވަނަ ދުވަހާއި ހަމައަށް ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު އަދާކުރައްވާފައެވެ.
ގާނޫނު އަސާސީ ބުނާ ގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައީސް ރައްޔިތުންގެ މަޖިލީހަށް ނަންތަކެއް ފޮނުއްވުމުން އެ މަޖިލީހުން ފާސްކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު