ރާއްޖެއިން ތިން ގައުމަކަށް ނޮން-ރެސިޑެންޓް ސަފީރުން އައްޔަން ކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
އެ ގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ރައީސް ޑރ. މުޢިއްޒު ހުށައަޅުއްވާފައިވަނީ، ނޭޕާލަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް އިންޑިއާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އާއިޝަތު އަޒީމާ އައްޔަންކުރެއްވުމަށެވެ.
އަދި އަޔަލޭންޑަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިރުތިޝާމް އާދަމް އައްޔަންކުރަން ހުށަހެޅުއްވިއިރު، ޔޫކްރެއިނަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް ބެލްޖިއަމަށާއި ޔޫރަޕިއަން ޔޫނިއަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ގީލާ އަލީ އައްޔަންކުރަން ރައީސް ހުށަހެޅުއްވިއެވެ.
ރައީސް ޑރ. މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީގައި މި ތިން ބޭފުޅުންނަށް ރުހުން ދިނުމާމެދު މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއް އަންގަވައިދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.
އެހެންކަމުން މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުން ވަނީ މި ތިން ބޭފުޅުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވާފައެވެ.
ނޭޕާލްގެ ނޮން ރެޒިޑެންޓް ސަފީރަކަށް އައްޔަނުކުރެއްވުމަށް ރައީސް ހުށަހަޅުއްވާފައިވާ އަޒީމާއަކީ ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމު ފުރުއްވައި ޚާރިޖީ ވުޒާރާގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމު ވެސް އަދާކުރަށްވާފައިވާ ފަރާތެކެވެ.
އަދި އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިރުތިޝާމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޖެނިވާގެ ހުންނަ ޔޫއެންގެ ސަފީރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ، ސްވިޓްޒަލަންޑަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމާއި، ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަނަށް ރާއްޖެއިން ކަނޑައަޅާ މަންދޫބުގެ އިތުރުން ވެސް ޚާރިޖިއްޔާގެ ގިނަ މަގާމުތަކެއް އަދާކުރައްވާފަ އެވެ. އަދި ރައީސް ޔާމީނުގެ ވެރިކަމުގައި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުގެ މަގާމުވެސް އަދާކުރެއްވިއެވެ.
އޭގެއިތުރުން ރާއްޖޭގެ ސިއްހީ އަދި ޚާރިޖިއްޔާގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރަށްވާފައިވާ ގީލާ ވަނީ އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި އެމްބަސީގެ މިނިސްޓަރ ކައުންސެލާގެ މަޤާމު މީގެކުރިން ފުރުއްވާފަ އެވެ. އަދި ދެހާސް އަށާރަ ވަނަ އަހަރު ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކެރެޓަރީގެ މަޤާމާއި ކޮންސިއުލަރ ސާވިސެސްގެ ވެރިޔާގެ މަޤާމުވެސް އޭނާ ފުރުއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު