ޕީއެންސީގެ ޕީޖީ ލީޑަރ އިބްރާހިމް ފަލާޙް
ޕީއެންސީގެ ޕީޖީ ލީޑަރ އިބްރާހިމް ފަލާޙް
ކަރަންޓަކީ އަބަދުވެސް ކެނޑޭ އެއްޗެއް ކަމަށާއި، އެހެންކަމުން އެއީ ކުއްލި މައްސަލަ ހުށައަޅަންޖެހޭ ކަމެއް ނޫން ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރ އިބްރާހިމް ފަލާޙް ވިދާޅުވެއްޖެއެވެ.

ފަލާޙް މިހެން ވިދާޅުވެފައިވާއިރު، މާލޭ ސަރަހައްދުން އިއްޔެ ކަރަންޓު ކެނޑުނު މައްސަލައިގައި އެމްޑީޕީން މިއަދު މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ ޕީއެންސީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ ބޭރުކޮށްލައިފައެވެ.

މިއަދުގެ ޖަލްސާގައި ކުއްލި މައްސަލައާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ފަލާހު ވިދާޅުވީ، ކަރަންޓު ކެނޑުމުން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅަންވާނީ ސަރުކާރުގެ އިހުމާލުން އެފަދަ ކަމެއް ހިނގިކަމަށްވާނަމަ ކަމަށެވެ.

އަދި މިފަދަ ހާދިސާތަކަކީ ހިނގައިފާނެ ކަންކަން ކަމަށާއި، ނަމަވެސް މަޖިލީހަށް ހުށައަޅާ ކުއްލި މައްސަލަ ވާންވާނީ އެކަމުން ރައްޔިތުންނަށް މަންފާވާފަދަ މައްސަލައަކަށް ކަމަށް ފަލާހު މިއަދު ވިދާޅުވިއެވެ.

“އަޅުގަނޑުގެ ނަޒަރުގައި ހަގީގަތުގައި މިއަދުގެ އެ މައްސަލައަކީ ހުށަހެޅޭނެ މައްސަލައެއް ނޫން.” ފަލާހު ވިދާޅުވެފައިވެއެވެ.

ފަލާޙް މިހެން ވިދާޅުވެފައިވާއިރު، މާލެ ސަރަހައްދުން އިއްޔެ ފަސްގަޑިއިރަށް ކަރަންޓު ކެނޑުނު މައްސަލަ ސީރިއަށް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް ރައީސް މުޢިއްޒު ވަނީ ފުލުހުންނަށް އަންގަވާފައެވެ.

އަދި ފުލުހުން ބުނެފައިވަނީ، ކަރަންޓު ކެނޑެން ދިމާވި ސަބަބު ދެނެގަތުމަށް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން