ރާއްޖެއަށް ގެނައި ސަޢުދީ ޕްރިންސާއި ގުޅޭގޮތުން ޚާރިޖީ ވަޒީރު ޑރ. ޢަބްދުالله ޚަލީލާއި ސުވާލުކުރުމަށް މަޖިލީހަށް ހުށައަޅައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށައަޅާފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރެއްވި ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ޕްރިންސެއް ކަމަށް ބުނާ ފަރާތާއި ގުޅޭގޮތުން ރާއްޖޭގެ ބައެއް މީޑިއާތަކުގައި ވަނީ ސުވާލު އުފައްދާފައެވެ.
އަދި ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ޕްރިންސަކާ ރައީސް ޑރ. މުއިއްޒު ބައްދަލުކުރެއްވި ކަމަށް ބުނެ ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއުކުރި ޚަބަރާއި، އާންމުކުރި ފޮޓޯތައް ވެސް އެ ވެބްސައިޓުން މިހާރުވަނީ ގެއްލިފައެވެ.
އެހެންކަމުން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ޚާރިޖީ ވަޒީރަށް ތިން ސުވާލެއް ކުރުމަށް ހުށައަޅާފައެވެ.
އެގޮތުން މީކާއީލް ހުށައަޅުއްވާފައިވަނީ، ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއް ކަމަށް ބުނެ، މިދިޔަ މަހުގެ ފަސްވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލު ކުރައްވާފައިވާ ޕްރިންސް ފަހަދް ސައުދު އަލްޝަލަންއަކީ ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވާ ފަރާތެއްތޯ އާއި، އެ ބައްދަލުވުމުގައި ސައުދީ އެމްބަސީގެ ފަރާތުން ބައިވެރިވެވަޑައިގެންފައިނުވަނީ ކީއްވެގެންތޯ އާއި، އެ ފަރާތަކީ ސައުދީ ޝާހީ އާއިލާއަށް ނިސްބަތްވާ ފަރާތެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ހަގީގަތާ ޚިލާފަށްނަމަ، ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ޚާރިޖީ ގުޅުމަށް އޭގެ އެއްވެސް ނޭދެވޭ އަސަރެއް ކޮށްފާނެތޯ ސާފުކުރުމަށެވެ.
ސަޢުދީ ޕްރިންސާއި ގުޅޭގޮތުން ޚާރިޖީ ވަޒީރު ޑރ. ޢަބްދުالله ޚަލީލާއި ސުވާލުކުރުމަށް މަޖިލީހަށް ހުށައަޅާފައިވާއިރު، ރައީސް މުއިއްޒާއި، ހިޒް ރޯޔަލް ހައިނަސް ޕްރިންސް ފަހަދް ސައުދު އަލްޝަލަން އޮފް ސައުދީ އަރަބިއްޔާ ބައްދަލުކުރެއްވި ކަމަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ޚަބަރެއް ޝާއިއު ކޮށްފައިވަނީ މިދިޔަ މަހުގެ ފަސްވަނަ ދުވަހެވެ. ނަމަވެސް. އެ ބައްދަލުވުމާ ބެހޭގޮތުން ރައީސް އޮފީހުގެ ވެބްސައިޓްގައި ޝާއިއުކުރި ޚަބަރު ގެއްލިފައިވާކަން މީޑިއާތަކުގެ ސަމާލުކަމަށް އައީ މިދިޔަ ހުކުރު ދުވަހެވެ.
މި މައްސަލަ ފެންމަތި ވެފައިވާއިރު މީގެ ކުރިން ރައީސް ޔާމީން ވިދާޅުވެފައި ވަނީ ރައީސް ބައްދަލު ކުރެއްވީ ސްކޭމަރަކާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު