އީދު ނަމާދުގެ ބޮޑު ޖަމާއަތް
އީދު ނަމާދުގެ ބޮޑު ޖަމާއަތް
މިއަހަރުގެ އަޟްޙާ ޢީދު ނަމާދުގެ ބޮޑު ޖަމާއަށް މާލޭގެ 4 ސަރަހައްދެއްގައި ބާއްވާގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އެގޮތުން ބޮޑު ޖަމާޢަތުގައި ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަޙައްދާއި، ވިލިމާލޭ ފުޓްބޯޅަދަނޑު، ހުޅުމާލޭގެ ސްޓޭޑިއަމް އަދި ހުޅުމާލެ ފޭސް ދޭއްގެ ކުރިކެޓް ސްޓޭޑިއަމް ބިމުގައި ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން އަޟްޙާ ޢީދު ނަމާދު މާލެ ސަރަހައްދުގެ 24 މިސްކިތެއްގައި ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ. މީގެ ތެރޭގައި މާލޭގެ 19 މިސްކިތަކާއި، ހުޅުމާލޭގެ 5 މިސްކިތަކާއި ހުޅުލޭގެ 2 މިސްކިތުގެ އިތުރުން ވިލިމާލޭގެ މިސްކިތެއްވެސް ހިމެނެއެވެ.

މާލޭގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް:

- މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް

- މަސްޖިދު މަލިކި ސަލްމާން

- މަސްޖިދުއް ސުލްޠާން މުޙައްމަދު ބިން ޢަބްދިﷲ

- މަސްޖިދުލް ފުރްޤާން

- މަސްޖިދުއް ނޫރު

- މަސްޖިދުއް ޝަހީދު ޢަލީ

- މަސްޖިދުއް ސުލްޠާން ޙަސަން ޢިއްޒުއްދީން

- މަސްޖިދުއް ސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް

- މަސްޖިދުއް ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)

- މަސްޖިދުއް ސުލްޠާން މުޙައްމަދު ޝަމްސުއްދީން

- މަސްޖިދު ޞަލާޙުއްދީން

- މަސްޖިދު ޖަލާލުއްދީން

- މަސްޖިދު އިބްރާހީމް (އިބްރާހީމީ މިސްކިތް)

- މަސްޖިދު އިސްކަންދަރު

- ވަގުތީ މިސްކިތް (ބޮޑުގެ)

- މަސްޖިދުއް ސުލްޠާން މުޙައްމަދު ޢިމާދުއްދީން

- މަސްޖިދުއް ޝައިޚް މުޙައްމަދު ޖަމީލްދީދީ

- މަސްޖިދު ޢަފީފުއްދީން

- ޒިޔާރަތް މިސްކިތް

ހުޅުމާލޭގައި އީދު ނަމާދު ކުރާ މިސްކިތްތައް:

- މަސްޖިދުއް ޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ (ހުޅުމާލެ)

- ހުޅުމާލެ ވަގުތީ މިސްކިތް (ނޭބަރހުޑް 3)

- މަސްޖިދު އަބީބަކްރިނިއް ޞިއްދީޤު (ހުޅުމާލެ ފޭސް 2)

- މަސްޖިދު ޢުޘްމާނު ބިން ޢައްފާން (ހުޅުމާލެ ފޭސް 2)

- މަސްޖިދު އަމީލް ޖަލީލް (ހުޅުމާލެ ފޭސް 2)

ހުޅުލޭގައި އީދު ނަމާދުކުރާ މިސްކިތްތައް:

- މަސްޖިދުއް ސަބީލް (ހުޅުލެ)

- މަސްޖިދުލް އިންތިޞާރު (ހުޅުލެ)

‎ވިިލިމާލޭގައި ޢީދު ނަމާދުކުރުމަށް ހަމަޖެހިފައިވަނީ މަސްޖިދުލް ބިއްރިގައެވެ.

‎މިއަހަރުގެ އަޟްޙާ ޢީދު ދުވަހަކީ 2025 ޖޫން 6 ވާ ހުކުރު ދުވަހެވެ. އަޟްޙާ ޢީދު ނަމާދު ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 7:00 ގައެވެ.

މޫސުން ގޯސްވެއްޖެ ހާލަތެއްގައި ބޮޑު ޖަމާޢަތް ނުބޭއްވޭނަމަ، މާލެ ސަރަހައްދުގެ ހުކުރު ނަމާދު ކުރެވޭ ހުރިހާ މިސްކިތްތަކެއްގައި ޢީދު ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން