އިމިގްރޭޝަނުން ބިދޭސީއަކު ހިފަހައްޓާ ސުވާލުކުރަނީ--
އިމިގްރޭޝަނުން ބިދޭސީއަކު ހިފަހައްޓާ ސުވާލުކުރަނީ--
ގައިން ގަޔަށް އަރާ ބައްޔެއް ހުރި ބަނގުލަދޭޝްގެ ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވަޑާންކުރުމުގެ މަސައްކަތުގައި އުޅޭ ރޫހުލް އަމީން ނަމަކަށް ކިޔާ އެ މީހާ ގެއްލުނީ މިދިޔަ އަންގާރަ ދުވަހުއެވެ.

އެ މީހާގެ ސްޕޮންސަރު މުހައްމަދު ޝަރީފް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ އަމީންއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އޭނާގެ ނަންބަރު 7478833 އަށް ގުޅައި އަންގައި ދިނުމަށް އެދިފައެވެ.

ޝަރީފް ބައެއް ނޫސްތަކަށް ބުނެފައިވަނީ، އެ މީހާގެ ވިސާ އާކުރަން ޓެސްޓުތައް ހެދިއިރު ގައިން ގަޔަށް އަރާ ބައްޔެއް ފާހަގަވި ކަމަށެވެ. ނަމަވެސް އެއީ ކޮން ބައްޔެއްކަން އެޗްޕީއޭއިން ހާމަ ނުކުރާ ކަމަށް ވަނީ ބުނެފައެވެ.

ޝަރީފް ބުނެފައިވަނީ އެމީހާ ބަނގުލަދޭޝްއަށް ފުރުވާލަން އެއާޕޯޓަށް ފޮނުވަން ވިލިނގިލީ މާލެ ފެރީއަށް އެރުވި ފަހުން އޭނާގެ ހަބަރެއް ނުވާ ކަމަށެވެ. އެހެންވެ އެ މީހާ ގެއްލުނު މައްސަލަ އެޗްޕީއޭއަށް ރިޕޯޓްކުރުމުން ބިދޭސީ މީހާ އަދި ނުފުރާކަން އެޗްޕީއޭއިން ކަށަވަރުކޮށްދީފައިވާ ކަމަށް ޝަރީފް ބުނެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން އަދި އިމިގްރޭޝަނުން ވެސް ބަހެއް ބުނެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން