ރާއްޖޭން ހައްޖުގެ އަޅުކަމަށް މިފަހަރުދިޔަ ހައްޖުވެރިންގެ ދަތުރު 15 ދުވަހަށް ސަރުކާރުން ކުރުކޮށްލިކަމަށް ބުނެ ފަތުރަނީ ހަގީގަތާ ހިލާފު ވާހަކައެއްކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިރޭ ސައުދީގައި ދިވެހި ހައްޖުވެރިންނާ އެކު ބޭއްވި ބައްދަލުވުމަށްފަހު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި މިނިސްޓަރު ވިދާޅުވީ، ހައްޖަށް ދިޔަ ދިވެހީންގެ ތެރެއިން އެއްވެސް ބަޔަކު 15 ދުވަހު ނުތިބޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން މައުލޫމާތު ދީފައިވާ ކަމަށެވެ.
އެގޮތުން އެއް ފްލައިޓްގައި ދިޔަ މީހުން 18 ދުވަސް އަދި އަނެއް ތިން ފްލައިޓްގެ މީހުން 19 ދުވަހު ތިބޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ޝަހީމް މިހެން ވިދާޅުވެފައިވާއިރު، ހައްޖުގެ ދަތުރުގައި ދިވެހީން ސައުދީގައި ހޭދަކުރާ މުއްދަތު 15 ދުވަހަށް ކުރުކޮށްލައި، ކުރިން 25 ނުވަތަ 30 ދުވަހު ސައުދީގައި ތިބޭއިރު ނަގާވަރަށް ފައިސާ ނަގާކަމަށްބުނެ ބައެއް ފަރާތްތަކުން ދަނީ މީސްމީޑިއާގައި އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެކަމާ ގުޅުވައި ޝަހީމްގެ މެސެޖުގައި ވިދާޅުވީ ހައްޖަށްދާ މީހުން މީގެ އަހަރުތަކެއް ކުރިން 30 ދުވަހު ތިބި ނަމަވެސް، މި ފަހުގެ އަހަރުތަކުގައި އާންމުކޮށް ތިބެނީ 22 އާއި 25 ދުވަހު ދެމެދުގެ އަދަދަކަށް ކަމަށެވެ. އެއީ ހައްޖު ނިންމާފައި މަދީނާއަށް އައިސް މައްކާއަށް އެނބުރިދާތީވެ އިތުރުވާ ދުވަސްތަކެއްކަމަށް ޝަހީމް ވިދާޅުވިއެވެ.
"ނަމަވެސް މިފަހަރު ހައްޖު ނިންމާފައި މަދީނާއަށް އައިސް މައްކާއަށް އެނބުރި ނުގޮސް ރާއްޖެއަށް ފުރާގޮތަށް ހަމަޖައްސާފައި ވަނީ ހައްޖުވެރިންގެ ރައްކާތެރިކަމާއި މަސްލަހަތާއި މޫސުމަށް ބަލައި ސިއްހަތަށް ބެލުމުގެ ގޮތުން ސައޫދީ އަރަބިއްޔާއިން ދެއްވަމުން ގެންދަވާ އިރުޝާދުތަކަށް ރިއާޔަތްކުރުމުގެ ގޮތުން،" މިނިސްޓަރު ޝަހީމް ވިދާޅުވެފައިވެއެވެ.
ކަން މިހެން އޮތްއިރު މި ފަދަ ގައުމީ ކަންކަމުގައި ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ނުދެއްކުމަށް ޝަހީމް ވަނީ އިލްތިމާސްކުރައްވާ ފައެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއް ނަމަ އެކަމާމެދު މަޝްވަރާކޮށްގެން ހައްލެއް ހޯދާނެކަމުގެ ޔަގީންކަން ވެސް ޝަހީމްވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު