އެމްބަސީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު
އެމްބަސީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު
މިހާތަނަށް 700 އަށް ވުރެ ގިނަ ދިވެހިން އޮސްޓްރޭލިއާއިން ތަމްރީންވެފައިވާ ކަމަށް އޮސްޓްރޭލިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ޑިފެންސް މިނިސްޓަރު ރިޗަޑް މާލްސް ވިދާޅުވެއްޖެއެވެ.

ރިޗާޑް މިހެން ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮސްޓްރޭލިއާގެ ހައި ކޮމިޝަނެއް ޤާއިމު ކުރުމަށް އިއްޔެ ބޭއެްވި ރަސްމިއްޔާތުގައެވެ. ހޮޓެލް ޖެންގައި ޤާއިމުކޮށްފައިވާ މި ހައި ކޮމިޝަން އިއްޔެ ރަސްމީކޮށް ހުޅުއްވައިދެއްވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު މާރިޔާ ވިދާޅުވީ، ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު އޮތީ، އެއް ގައުމަށް އަނެއް ގައުމަށް އިޙުތިރާމު ކުރުމުގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއް ކަމަށާއި ރާއްޖޭގައި އެ ގައުމުގެ ހައި ކޮމިޝަނެއް ގާއިމުކުރުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ވަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ރިޗާޑް މާލްސް ވިދާޅުވީ ރާއްޖޭގައި އެމްބަސީއެއް ގާއިމުކުރުމުން އެނގިގެންދަނީ އޮސްޓްރޭލިޔާއިން ރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންވާ މިންވަރު ކަމަށެވެ. އޮސްޓްރޭލިއާ އިން ރާއްޖެއަށް ބޭނުންވާ އެކި ދާއިރާތަކުން ތައުލީމާއި ތަމްރީންގެ ގިނަ ފުރުސަތުތަކެއް ފަހިކޮށްދީފައިވާ ކަން ފާހަގަކުރައްވަމުން ރިޗާޑް ވިދާޅުވީ މިހާތަނަށް 700 އަށް ވުރެ ގިނަ ދިވެހިން އޮސްޓްރޭލިއާއިން ތަމްރީންވެފައިވާ ކަމަށެވެ.

އަދި ކުރިއަށްއޮތް ތަނުގައި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާތަކަށް ބޭނުންވާ މީހުން ތަމްރީން ކުރުމަށް އިތުރު ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމަށްވެސް ރިޗާޑް ވިދާޅުވިއެވެ.

އޮސްޓްރޭލިއާގެ ހައި ކޮމިޝަނެއް ރާއްޖޭގައި އިއްޔެ ޤާއިމުކޮށްފައިވާއިރު، އޮސްޓްރޭލިޔާއާއި ރާއްޖެއާ ދެމެދު ސިޔާސީ ގޮތުން ގުޅުން ގާއިމުކުރީ 1974 ވަނަ އަހަރުއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން