ގެދޮރުވެރިޔާ ސްކީމްގެ 4،000 ފުލެޓް ލިބޭ މީހުންގެ ތެރޭގައި ވަކި ފަރާތްތަކެއް ހިމަނައި، ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާއެއް ހޯދައި ދީފައިވާ މައްސަލައާ ގުޅިގެން ހައުސިން މިނިސްޓްރީގެ ކުރީގެ ވެރިންތަކެއްގެ މައްޗަށް ދަޢުވާ ކުރުމަށް އޭސީސީން ޕީޖީ އޮފީހަށް މައްސަލަ ހުށައަޅައިފިއެވެ.
އޭސީސީން މިއަދު ބުނީ، ގެދޮރުވެރިޔާ ސްކީމުގެ ފުރަތަމަ ބުރުގެ، ފުރަތަމަ 4000 ފުލެޓް ލިބޭ މީހުންގެ ތެރޭގައި ވަކި ފަރާތްތަކެއް ހިމަނައި، ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާއެއް ހޯދައި ދީފައިވާކަން އެކޮމިޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން ތަޙުޤީޤު ކުރަމުން ގެންދާ މައްސަލައިގެ ތަޙުޤީޤުގައި ހޯދާފައިވާ ހެކި ޤަރީނާއިން އެނގޭ ކަމަށެވެ.
އެހެންކަމުން އެ މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި 03 ޖޫން 2025 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.
މި މައްސަލާގައި އޭސީސީން ދަޢުވާ ކުރުމަށް އެދި ޕީޖީ އޮފީހަށް މައްސަލަ ހުށައަޅާފައިވަނީ 4 މީހެއްގެ މައްޗަށެވެ. އެއީ، މިނިސްޓަރ އޮފް ސްޓޭޓް ފޯރ ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމުގައި އޭރު ހުރި މއ.އެވަރލާސްޓް، އަކްރަމް ކަމާލުއްދީންއާއި އެ މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވްގެ މަޤާމުގައި އޭރު ހުރި ހއ.އިހަވަންދޫ، ނެދުންގެ، މުޙައްމަދު ޢާރިފްއާއި އެ މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވްގެ މަޤާމުގައި އޭރު ހުރި މއ. ވިރާޙް، ޟިރުޣާމް ވަޙީދު އަދި އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުރި މއ. އިހާދޫ، އަޙްމަދު ވިޝާން ނަސީމްގެ މައްޗަށެވެ.
އޭސީސީން އެމީހުންގެ މައްޗަށް ދަޢުވާކުރަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ، ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނަޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށް ކޮށްފައިވާކަމުގެ ތުމަތުގައެވެ.
އޭގެއިތުރުން އޭސީސީން ބުނީ އެމީހުން އިތުރު ކުށްތައް ކޮށްފައިވާކަމަށް ތުހުމަތުކުރެވޭތީ، އެކުށްތައް ތަޙުޤީޤުކުރުމުގެ މަސައްކަތްވެސް ފުލުހުންނާއި ގުޅިގެން ކުރިއަށް ގެންދާ ކަމަށެވެ.
ރައީސް ޞާލިޙްގެ ސަރުކާރުން ފެށި ގެދޮރުވެރިޔާ މަޝްރޫޢުގެ ފްލެޓްތައް ލިބޭ މީހުން ކަނޑައަޅާފައިވަނީ ގޯސްކޮށް ކަމަށް ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ތަހުގީގަށް ފަހު ބުނެފައިވަނީ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތުހަމަނުވާ މީހުން ކަމަށެވެ.
އަދި ފުލެޓްތައް ދޫކުރުމުގައި ޖިނާޢީ މައްސަލައެއް ފާހަގަކުރެވޭނަމަ އެކަން ބަލައި ދައުވާ ކުރަން ފޮނުވުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ވެސް އޭސީސީ އާއި ފުލުހުންގެ ޚިދުމަތަށް މީގެކުރިން ވަނީ އަމުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު