ގެދޮރުވެރިޔާ ސްކީމްގެ ފްލެޓްތައް ދިނުމުގައި ގޯހެއް ނުހައްދަވާ ކަމަށް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
އަކްރަމް މިހެން ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމުގެ ފުރަތަމަ ބުރުގެ، ފުރަތަމަ 4000 ފުލެޓް ލިބޭ މީހުންގެ ތެރޭގައި ވަކި ފަރާތްތަކެއް ހިމަނައި، ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާއެއް ހޯދައި ދީފައިވާކަމަށް ތުހުމަތުކޮށް އޭސީސީން އޭނާގެ މައްޗަށް ދަޢުވާކުރަން ޕީޖީ އޮފީހަށް ހުށައެޅުމާ ގުޅިގެންނެވެ.
އެގޮތުން ރާއްޖޭގެ މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި އަކްރަމް މިއަދު ވިދާޅުވެފައިވަނީ، އޭނާގެ މައްޗަށް ދަޢުވާ ކުރަނީ ސިޔާސީގޮތުން ނުފޫޒު ފޯރުވައިގެން ކަމަށާއި، ގެދޮރުވެރިޔާ ފްލެޓްތައް ދިނުމުގައި ނުބައި ކަމެއް އަދި ގަވައިދާ ޚިލާފް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.
“ނޯންނާނެ ނުބައި ކަމެއް ކޮށްފައެއް. ގަވައިދާ ޚިލާފަށް ކަމެއް ކޮށްފައެއް. އޭގެ ހެކި ފުލެޓުތައް ދޭންޖެހުނުކަން ވެސް އެއީ. އިދާރީ ކުށްތައް ހުރެދާނެ.” އަކްރަމް މިއަދު ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ އިދާރީ ކުށްތަކަކީ މިފަދަ ބޮޑެތި މަސައްކަތްތަކުގައި ހުރެދާނެ ކަންތައްތައް ކަމަށާއި، ނަމަވެސް ކަނޑައެޅިގެން އޭނާއަށް އެނގިގެން ގޯހުން ކަމެއް ހިންގާފައި ނުވާނެ ކަމަށެވެ. އަދި އޭނާއަށް ދައުވާ ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.
އަކްރަމް މިހެން ވިދާޅުވެފައިވާއިރު އޭސީސީން މިއަދު ވަނީ، ގެދޮރުވެރިޔާ ސްކީމްގެ 4،000 ފުލެޓް ލިބޭ މީހުންގެ ތެރޭގައި ވަކި ފަރާތްތަކެއް ހިމަނައި، ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާއެއް ހޯދައި ދީފައިވާ މައްސަލައާ ގުޅިގެން 4 މީހެންގެ މައްޗަށް ދަޢުވާ ކުރުމަށް ޕީޖީއަށް ފޮނުވާފައެވެ.
މި މައްސަލާގައި އޭސީސީން ދަޢުވާ ކުރުމަށް އެދި ޕީޖީ އޮފީހަށް މައްސަލަ ހުށައަޅާފައިވަނީ އަކްރަމްގެ އިތުރުން، އެ މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވްގެ މަޤާމުގައި އޭރު ހުރި ހއ.އިހަވަންދޫ، ނެދުންގެ، މުޙައްމަދު ޢާރިފްއާއި އެ މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވްގެ މަޤާމުގައި އޭރު ހުރި މއ. ވިރާޙް، ޟިރުޣާމް ވަޙީދު އަދި އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުރި މއ. އިހާދޫ، އަޙްމަދު ވިޝާން ނަސީމްގެ މައްޗަށެވެ.
އޭސީސީން އެމީހުންގެ މައްޗަށް ދަޢުވާކުރަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ، ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނަޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށް ކޮށްފައިވާކަމުގެ ތުހުމަތުގައެވެ.

ކިޔުންތެރިންގެ ހިޔާލު