އަހަރުގެ މިހާތަނަށް ބަލާއިރު، ރާއްޖެއިން އެކްސްޕޯޓު ކުރި މަހުގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު 64.7 އިންސައްތަ އިތުރުވެއްޖެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ މަންތްލީ ސްޓެޓިސްޓިކްސް ރިޕޯޓުން ދައްކާގޮތުގައި މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 31,000 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރު މި މުއްދަތުގައި އެކްސްޕޯޓް ކޮށްފައިވަނީ 19،000 މެޓްރިކް ޓަނުގެ މަހެވެ.
އަދި ފިނިކުރި ތާޒާ ކަނޑުމަހުގެ ގޮތުގައި މިއަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހު ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 28,000 މެޓްރިކް ޓަނުގެ މަހެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކުރި 15,000 މެޓްރިކް ޓަނާ އަޅާބަލާއިރު 78 އިންސައްތައިގެ އިތުރުވުމެކެވެ.
އެހެންނަމަވެސް ތަފާސް ހިސާބުތަކަށް ބަލާއިރު ދަޅުގައި ބަންދުކުރި މަހުގެ އެކްސްޕޯޓް ވަނީ ދަށްވެފައެވެ. މިއަހަރުގެ މި މުއްދަތުގައި ދަޅުގައި ބަންދުކޮށްގެން އެކްސްޕޯޓް ކޮށްފައިވަނީ 2,127 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރު މި އަދަދު ހުރީ 2,556 މެޓްރިކް ޓަނުގައެވެ.
ސަރުކާރުގެ އަމާޒަކީ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާއަތަށް މަސްވެރިކަން ހެދުމެވެ. އެގޮތުން މަސްވެރިކަމުގެ ފެސިލިޓީތައް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ސަރުކާރުން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު