މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހުރިހާ ހައްޖާޖީންގެ ޚާލުވެސް ރަނގަޅުކަމަށް ހައްޖު މިޝަނުން ހާމަކޮށްފިއެވެ.
ހައްޖު މިޝަނުން ބުނިގޮތުގައި ހުރިހާ ހައްޖާޖީން މިވަގުތު ތިބީ މައްކާގައެވެ. އަދި މިރޭ ހައްޖާޖީން މިނާއަށް ދާން ފަށާނެ ކަމަށް ހައްޖު މިޝަނުން ވަނީ ބުނެފައެވެ.
މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިވެހިރާއްޖެއިން 1000 ޙައްޖާޖީން ދަތުރުކުރިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މާދަމާ ޙައްޖާޖީން ހޭދަކުރާނީ މިނާގެ ޓެންޓް ސިޓީގައި ކަމަށެވެ. ހައްޖުގެ އަޅުކަން ފުރިހަމަކުރުމަށްޓަކައި ޙައްޖާޖީން އަރަފާތަށް ދާން ފައްޓާނީ މާދަމާރޭގައި ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މިނިސްޓްރީން ބުނީ ޙައްޖުމަހުގެ 09 ވަނަ ދުވަހުގެ މެންދުރުފަހުން ޢަރަފާތުގައި މަޑުކުރުމަކީ ޙައްޖުގެ އެންމެ މުހިންމު ރުކުން ކަމަށެވެ.
ބުރާސްފަތި ދުވަހު މުޅި ދުވަސް ޙައްޖާޖީން ހޭދަކުރާނީ އަރަފާތު ޓެންޓްތަކުގައެވެ. އަދި އަރަފާތު ބިމުން ނުކުންނާނީ ހައްޖު ދުވަހުގެ އިރުއޮއްސުމުންނެވެ. ހުކުރު ވިލޭރޭ ހުރިހާ ހައްޖުވެރިން ރޭކުރާނީ މުޒްދަލިފާގައެވެ.
މިއަހަރުގެ އަރަފާތު ދުވަހު އާދަޔާ ޚިލާފަށް ހޫނުގަދަވާނެކަމަށް ލަފާކުރެވޭތީ، ހައްޖުވެރިން އަރަފާތުގައި ހުންނަ ޓެންޓްތަކުން ބޭރަށް ނުނިކުތުމަށް ސަޢޫދީ ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު