ލ. ގަން ކައިރީގައި އޮންނަ ފަޅު ރަށެއް ކައިރިއަށް މަސް ހިފަން ފޭބި މީހަކު ނިޔާވެފައި އޮއްވައި ފެނިއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ލ. ގަން ކައިރީ އޮންނަ ފަޅު ރަށެއް ކަމަށްވާ މަހަކަންފުށި ކައިރިއަށް މަސް ހިފަން މޫދަށް ފައިބާ އުޅުނު މީހަކު ގެއްލިގެން މިއަދު ހެނދުނު 09:50 ހާއިރު ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ.
މި ޙާދިސާއާއި ގުޅިގެން ގަމު ކައުންސިލުން މީސް މީޑިއާގައި ބުނެފައިވަނީ، މިއަދު ހެނދުނު ބަޔަކާ އެކުގައި މަހަކަންފުށި ކައިރިއަށް، ދާ ޖަހަގެން މަސް ހިފަން ދިޔަ އަބުދުލްސަމަދު މުހައްމަދު (ސަމަދު) ތުނޑީ، ފެސްފަރީ ލ. ގަން، ގެެއްލިގެން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އަދި ފަހުން މަޢުލޫމާތު ލިބިފައިވަނީ، އެ މީހާ ހޯދަމުން ދަނިކޮށް ނިޔާވެފައި އޮއްވައި ފެނިފައިވާ ކަމަށެވެ.
މި ޙާދިސާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ރަސްމީކޮށް މިހާތަނަށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.
ލ. ގަން ކައިރީގައި އޮންނަ ފަޅު ރަށެއް ކައިރިއަށް މަސް ހިފަން ފޭބި މީހަކު ނިޔާވެފައިވާއިރު މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެކެވެ.

ކިޔުންތެރިންގެ ހިޔާލު