ރައްޔިތުން ބާރުވެރި ކުރުވުމުގެ ދާއިރާއިން މިސަރުކާރުގެ ވާހަކައަށް 100 އިންސައްތަ ލިބޭއިރު، ޢަމަލަށް ލިބެނީ 0 ކަމަށް މާލެސިޓީ ކައުންސިލުގެ މެންބަރު މުހައްމަދު ސައިފް ފާތިހް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީޑިއާ އެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން ސައިފް ވިދާޅުވީ، މިސަރުކާރުން އަބަދުވެސް ރައްޔިތުންގެ ފަޅިއެއްގެ ވާހަކަ ދައްކާ ކަމަށާއި، ނަމަވެސް ފެންނަނީ ރައްޔިތުންނާ ގުޅުންހުރި ކަންތައްތައް ނިންމުމުގައި ކައުންސިލްތައް އެކަހެރި ކުރަމުންދާ މަންޒަރު ކަމަށެވެ.
އަދި ރައްޔިތުންގެ ފަޅީގައި ހުރުމުގެ މާނައަކީ ރައްޔިތުންނަށް ބަސްބުނުމުގެ ފުރުސަތު އޮތުންކަން ފާހަގަ ކުރަށްވަމުން ސައިފް ވިދާޅުވީ، މިސަރުކާރުން ފެންނަނީ ކޮންމެ ކަމެއްގައިވެސް ދެއްކުން ތެރިކަން އިސްކޮށް، ނަތީޖާ ނެރެންޖެހޭ ހިސާބުން ބަހާއި ޢަމަލާއި ދިމާނުވާތަން ކަމަށެވެ.
“ވާހަކަ ވަރަށް ރީތި. ވާހަކަ ވަރަށް މޮޅު. އެހެންނަމަވެސް އަމަލުން ހަމަ ސުމެއް އަޅުގަނޑަށް ފެންނަނީ. ލާމަރުކަޒީ ގޮތުންނާ ރައްޔިތުން ބާރުވެރި ކުރުމުގެ ރޮނގުން.” ސައިފް ވިދާޅުވިއެވެ.
ހަމައެއާއެކު ސައިފް ވިދާޅުވީ، މީގެ ކުރިން ރައީސް މުޢިއްޒުގެ ސްޓޭންޑަކީ ހުޅުމާލެ މާލެސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮތުން ކަމަށާއި، ނަމަވެސް ވެރިކަން ލިބިވަޑައިގަތުމުން އެ ސްޓޭންޑް ބަދަލުވެފައިވާ ކަމަށެވެ. އަދި އެކަން ހަނދާން ނެތޭހާ ދުވަސް ނުވާކަމަށްވެސް ސައިފް ވިދާޅުވިއެވެ.
“އެޗްޑީސީގެ ދަށުގައި ރަށްވެހިކަމުގެ ޚިދުމަތްތައް ހުރެގެން ނުވާނޭ. ރަށެއް ހިންގުން ކުންފުންޏަކާ ހަވާލުކުރުމަކީ ހާދަހާވާ މޮޔަކަމެކޭ. އެހެން ވިދާޅުވަމުން ގެންދެވި. އަޅުގަނޑުމެން ވެސް އެ އަޑު ދަށުން އެވާހަކަ ދައްކަމުން ދިޔައިން. އެއީ އަޅުގަނޑުމެން ވެސް ގަބޫލުކުރާ ގޮތުގައި ރަށްވެހި ޚިދުމަތްތައް ދޭންޖެހޭނީ ގާނޫނު އަސާސީގައި އެބުނާ ގޮތަށް ލާމަރުކަޒީ އުސޫލުން.” ސައިފް ވިދާޅުވިއެވެ.
އޭގެއިތުރުން މިއަދު ރައީސްގެ ސިޔާސަތުތައް ހުރީ ކުރިން އެމަނިކުފާނު ގެންގުޅުއްވި ވިސްނުންފުޅާ އިދިކީލިކޮށް ކަމަށާއި، ހުޅުމާލޭގެ މާސްޓަރޕްލޭން ނިންމުމުގައި ކައުންސިލްގެ ހިޔާލު ހޯދާފައި ނެތްކަމަށްވެސް ސައިފް ރޭ ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު