މި މައްސަލައިގައި ދޫކުރި މީހުން
މި މައްސަލައިގައި ދޫކުރި މީހުން
ކަނޑުމަގުން ރާއްޖެއަށް 7 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި އިންޑޮނޭޝިއާ 2 މީހުން ދޫކޮށްލައިފިއެވެ.

އެގޮތުން 75 ދުވަހުގެ ބަންދަކަށްފަހު ދޫކޮށްލާފައިވަނީ 25 އަހަރުގެ އެޑްރިއަންސްޔާ އާއި 30 އަހަރުގެ މުޙައްމަދު އިކްބަލް މަކްމުރެވެ.

ވަކިވަކިން ނެރެފައިވާ ކޯޓު އަމުރުތަކުން އެނގޭ ގޮތުގައި، އެ ދެ މީހުން ހައްޔަރުކުރީ މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތުގައެވެ. މި ދެމީހުން ހައްޔަރުގައި ތިބިއިރު ބަންދާ މެދު ގޮތެއް ނިންމަން ހަ ފަހަރަށް ހުށަހެޅިއެވެ.

މި ދެ މީހުން ދޫކޮށްލާފައިވަނީ ބޯޓުން ފެނުނު މަސްތުވާތަކެއްޗާއި އެމީހުންނާ ސީދާ ގުޅުވާލެވޭފަދަ ހެއްކެއް ފުލުހުންނަށް ހުށަހެޅިފައި ނުވާތީއެވެ. އެގޮތުން ފިންގަޕްރިންޓެއް ނުވަތަ ޑީއެންއޭއެއް ކަހަލަ އެއްޗެއް ވެސް ލިބިފައިނުވާ ކަމަށް ފުލުހުން ވަނީ ކޯޓުގައި ބުނެފައެވެ.

މާރޗް މަހުގެ 21 ވަނަ ދުވަހު ހަތް ކިލޯގެ މަސްތުވާތަކެއްޗާއެކު އަތުލައިގެން ބޯޓަކީ "މުތާ ޑައިމަންޑް" ކިޔާ ބޯޓެކެވެ. މި މައްސަލާގައި ހައްޔަރުކުރީ 10 ބިދޭސީންނެވެ. އޭގެ ތެރޭގައި އިންޑިއާއަށް ނިސްބަތްވާ 7 މީހުންނާއި އިންޑޮނޭޝިއާއަށް ނިސްބަތްވާ 3 މީހުން ހިމެނެއެވެ.

މި ބޯޓާއި ބޯޓުގެ ބައެއް ފަޅުވެރިންވަނީ މީގެ ކުރިން ދޫކޮށްލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން