އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު
އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ޕްރައިމެރީގައި ވާދަކުރަށްވާނެ ކެނޑިޑޭޓުން އެމްޑީޕީގެ ތެރޭގައި ގިނަވެ، އެމްޑީޕީ ހީނަރުވާތީ އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ހިތާމަފާޅު ކުރަށްވައިފިއެވެ.

މީސްމީޑިއާގައި މިހާރު ޢާއްމުވެފައިވާ ވީޑީއޯ މެސެޖެއްގައި މޫސާ މަނިކު ވިދާޅުވީ، އެމްޑީޕީ ނައްތާނުލެވުނު ނަމަވެސް އެޕާޓީ ހީނަރުވަމުންދާ ކަމަށެވެ. އެގޮތުން މިހާރު އެމްޑީޕީ އޮތް ޙާލަތުގައި ކުރިއަށްއޮތް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަކީ އެޕާޓީއަށް ދަތިކަމެއް ކަމަށް މޫސަ ވިދާޅުވެފައިވެއެވެ.

މިވަގުތަކީ ރިޔާސީ ކެނޑިޑޭޓުކަމަށް ފައިނަގަންވީ ވަގުތު ނޫންކަން ފާހަގަ ކުރަށްވަމުން މޫސަ ވިދާޅުވީ، މިހާރު މަސައްކަތް ކުރަންވީ އެކަތިގަނޑެއްގެ ގޮތުގައި ޕާޓީ ވަރުގަދަ ކުރުމަށް ކަމަށެވެ.

“މިހާރު ފެންނަ މަންޒަރަށް ބަލާއިރު އެމްޑީޕީ ހީނަރުވެ، ހަލާކުވެގެން ހިނގައިދާނެ ކަމަށް ވަރަށް ބޮޑަށް ފެންނާތީވެދެން، ނުއެއް ނެތޭނެ އެމްޑީޕީއެއް. އަޅުގަނޑުމެން ނޫނީ ނޯންނާނެ ނައްތާނުލެވުނު ޕާޓީއެއް. އެކަމަކު ހީނަރުވުމަކީ މައްސަލައެއްނު.” ރީކޯ މޫސާމަނިކު ވިދާޅުވެފައިވެއެވެ.

އޭގެއިތުރުން މޫސާ މަނިކު ވިދާޅުވީ، އެމްޑީޕީ ހީނަރުވުމުން ސަރުކާރަށް ފައިދާތަކެއް ވަމުންދާ ކަމަށާއި، ޤާނޫނު އަސާސީން ކުރިން ކަށަވަރުކޮށްދިން ކަންތައްތައް ހަނިވަމުންދަނީ އެކަމުގެ ސަބަބުން ކަމަށެވެ.

“ޤާނޫނުއަސާސީ ބައިޕާސްކޮށްފަ ކަންތައްތައް ކުރަން ފެށުން. ރައްޔިތުންގެ އަޑުނޭހުން. އެމީހުންނަށް ފެންނަ ކަމެއް ކުރުން.” އެމްޑީޕީ ހީނަރުވުމުގެ ފައިދާ ސަރުކާރުން ނަގަމުންދާ ގޮތުގެ މިސާލުތައް ދައްކަވަމުން މޫސަ ވިދާޅުވިއެވެ.



ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާނެ ކެނޑިޑޭޓުން އެމްޑީޕީގެ ތެރޭގައި ގިނަވެ، އެމްޑީޕީ ހީނަރުވަމުންދާ ކަމަށް މޫސަ ވިދާޅުވެފައިވާއިރު، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުޤުވެރިކަން ރައީސް ނަޝީދު ވަނީ ފާޅުކުރަށްވާފައެވެ.

އެމްޑީޕީގެ އެތެރޭގައި މައްސަލަތައް އުފެދި މިހާތަނަށް 4 ފަރާތަކުންވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމުގެ މަސައްކަތް ފަށާފައެވެ. އޭގެތެރޭގައި ކުރީގެ ރައީސް ޞާލިޙާއި، އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒާއި، އެމްޑީޕީގެ ރައީސް ޝާހިދާއި، އެމްޑީޕީގެ މަޖިލީސް މެންބަރު ޑރ. ޝަމްހީދު ހިމެނެއެވެ. އަދިވެސް ހަވާސާގެ ބޭރުން އިތުރު ފަރާތްތަކުންވެސް އެމަސައްކަތް ކުރަމުންދާކަމަށް އެމްޑީޕީގެ އެތެރޭގެ މަސްދަރުތަކުން މަޢުލޫމާތު ދީފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން