މަކުނިވިދުރި ޖެހިފައިވާ މީހެއް، ފޮޓޯ: ޑަބްލިއުއެޗްއޯ
މަކުނިވިދުރި ޖެހިފައިވާ މީހެއް، ފޮޓޯ: ޑަބްލިއުއެޗްއޯ
ގައިންގަޔަށް އަރާ ބައްޔެއް ކަމުގައިވާ އެމްޕޮކްސް (މަކުނުވިދުރި ނުވަތަ މަންކީޕޮކްސް) ގެ ނުރައްކާ އަދިވެސް އެބަ އޮތް ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) އިން ހާމަކޮށްފިއެވެ.

މި ބައްޔަކީ ރާމާމަކުނާއި މީދާ ފަދަ ޖަނަވާރުގެ ފުށުން، ވައިރަހެއްގެ ޒަރީއާއިން އިންސާނުންނަށް ވާސިލުވާ ބައްޔެކެވެ. މި ބަލީގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިހުން، ނޭވާ ކުރުވުން، އަދި ހިކި ކެއްސުން ހިމެނެއެވެ. އަދި ބައެއް ހާލަތްތަކުގައި މޫނާއި، އަތާއި މުޅި ހަށިގަނޑުގައި ދޮސް ބިހިތަކެއް ނަގައެވެ.

ސިއްހީ މާހިރުން ބުނާ ގޮތުގައި މި ވަގުތު އެމްޕޮކްސް ހަލުވިކަމާއެކު ފެތުރެމުންދަނީ ކަށިވިދުރި ފެތުރުން ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ ވެކްސިން ޖެހުން މަދުވުމާ ގުޅިގެންނެވެ.

2023 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ބަލި ފެތުރެމުންދަނީ ކްލޭޑް 2ބީގެ ނަން ދީފައިވާ ވޭރިއެންޓެއްގެ ފުށުންނެވެ. އެންމެ ބޮޑަށް ބަލި ފެތުރެމުންދަނީ އެފްރިކާ ބައްރުގެ މެދުތެރެއާއި އިރުމަތީގެ ޤައުމުތަކުގައެވެ.

‎މި ބަލިން ރައްކާތެރިވުމަށް ވެކްސިން ލިބެން ހުރި ނަމަވެސް، ވެކްސިން ޖެހުމުގެ ރޭޓް ދަށްވުމާ ގުޅިގެން ބަލި ފެތުރުމުގެ ނުރައްކާ އިތުރުވެފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ.

މި ބަލިން ރައްކާތެރިވުމަށް އެޅުމަށް އިލްތިމާސް ކޮށްފައިވާ ފިޔަވަޅުތައް މުރާޖާކޮށް، އިތުރު ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން