ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަލްމަރުޙޫމް އަޙްމަދު ރަޝީދު
ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަލްމަރުޙޫމް އަޙްމަދު ރަޝީދު
ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ރަޝީދުގެ ހަނދާނުގައި މަޖިލީހުގައި މިއަދު 1 މިނެޓުގެ ސުކޫތެއް ގެނެސްފިއެވެ.

އެގޮތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވީ ރަޝީދަކީ 18 ވަނަ މަޖިލީހުގައި މުހިންމު މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ.

“އަޅުގަނޑުގެ އަމިއްލަ ނަމުގައި އަދި މަޖިލީހުގެ ހުރިހާ އިއްޒަތްތެރި މެންބަރުންގެ ނަންފުޅުގައި އެ މަރުހޫމްގެ އާއިލާއަށް ނުހަނު އިހުލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވަން، އަދި އެ މަރުހޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި ދުއާ ދަންނަވަން.” މަޖިލީހުގެ ރައީސް އަބްދުއްރަހީމް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވިދާޅުވެފައިވެއެވެ.



އަޙްމަދު ރަޝީދު ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުޢިއްޒު އިއްޔެ ވިދާޅުވީ ރަޝީދަކީ ސިޔާސީ ގިނަ މަސައްކަތްޕުޅުތަކެއް އެކުގައި ކުރެއްވި ލޮބުވެތި އަޚެއް ކަމަށެވެ.

އަޙްމދު ރަޝީދު ނިޔާވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އައިޖީއެމްއެޗްގައެވެ.‎ އަޙްމަދު ރަޝީދު ވަނީ ވެރިކަންކުރާ ޕީއެންސީއަށް މުހިންމު ހިދުމަތްތަކެއް ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން