މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް
މަސައްކަތް މިކުރަނީ ކުރިމަގުގައި ޙައްޖުގެ އިންތިޒާމްތައް އިތުރަށް ފުރިހަމަ ކުރުމަށް ކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ދަޢުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ޝަކީލް ވިދާޅުވީ، މަސައްކަތް ކުރަށްވަމުން ގެންދަވަނީ ކުރިއަށް އޮތް އަހަރުތަކުގެ ޙައްޖުގެ އަޅުކަމުގެ އިންތިޒާމްތައްވެސް މި އަހަރަށްވުރެ ފުރިހަމަ ކުރެއްވުމަށް ކަމަށެވެ. އަދި އެއީ ރައީސް އިރުޝާދު ދެއްވާ ގޮތްކަމަށްވެސް ޝަކީލް ވިދާޅުވިއެވެ.

އެގޮތުން މިއަހަރު ޙައްޖުވެރިން މައްކާއިން މަދީނާއަށް ފުރަތަމަ ފަހަރަށް ހައި ސްޕީޑް ޓްރެއިންގައި ދަތުރު ކުރެއްވިކަން ޝަކީލް ފާހަގަ ކުރެއްވިއެވެ. އަދި ހައިސްޕީޑް ޓްރެއިންގައި ކުރެވުނު މި ދަތުރާމެދު ހުރިހާ ޙާޖީންވެސް ވަރަށް ހިތްހަމަޖެހިފައި ތިބިކަމަށް ޝަކީލް ވިދާޅުވިއެވެ.

“ޙައްޖުވެރިންނަށް ވީހާވެސް ލުއިފަސޭހަ ގޮތްތަކަށް ދަތުރު ހަމަޖެއްސުމުގެ ގޮތުން ހައި ސްޕީޑް ޓްރެއިންގައި އެކަން އިންތިޒާމު ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެން އަޅުގަނޑުމެން އެކަން މި އިންތިޒާމް ކޮށްދިނީ.” ޝަކީލް ވިދާޅުވެފައިވެއެވެ.

އޭގެއިތުރުން ޝަކީލް ވިދާޅުވީ، މިއަހަރުގެ ޙައްޖުގެ އިންތިޒާމުތަކަކީ ކުރިއަށް އޮތް އަހަރުތަކުގެ ބެންޗްމާކެއްގެ ގޮތުގައި ބަލައި، އިތުރަށް ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރަށްވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން