ޙައްޖުވެރިން އެނބުރި ރާއްޖެއަށް އައުން
ޙައްޖުވެރިން އެނބުރި ރާއްޖެއަށް އައުން
ދިވެހިރާއްޖެއިން މިއަހަރު ޙައްޖުގެ އަޅުކަމަށް ދިޔަ ޙައްޖުވެރިންގެ ތެރެއިން ފުރަތަމަ ގްރޫޕް މިއަދު ރާއްޖެއަށް އައިސްފިއެވެ.

އިސްލާމިކް މިނިސްޓްރީމް މިއަދު ބުނީ ޙައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ 4 ފްލައިޓަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓު މިއަދު މެންދުރު ވަނީ ރާއްޖެ އައިސްފައެވެ.

ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕު ރާއްޖެއައިސްފައިވަނީ މަދީނާގެ ޕްރިންސް މުޙައްމަދު ބިން ޢަބްދުލްޢަޒީޒް އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރައިގެންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ދިވެހި ޙައްޖާޖީންގެ ދެވަނަ ގްރޫޕު މި މަހުގެ 14 ވަނަ ދުވަހު އައުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ތިން ވަނަ ގްރޫޕުގެ ޙައްޖުވެރިން މި މަހުގެ 16 ވަނަ ދުވަހު ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާއިރު، ފަހު ގްރޫޕުގެ ޙައްޖުވެރިން ރާއްޖެއަށް އަންނާނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.

އޭގެއިތުރުން، މިއަހަރަކީ ދިވެހި ޙައްޖުވެރިންގެ ތާރީޚުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދުނު އަހަރެއް ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ. އެގޮތުން ޙައްޖުވެރިން މިފަހަރު ސަޢުދީއަށް ދަތުރުކޮށްފައިވަނީ މައްކާ ރޫޓު އިނީޘިއޭޓިވްގެ ދަށުން ވަރަށް ލުއިފަސޭހަކަމާއެކުގައެވެ.

ހަމައެއާއެކު މިނާ ފޭލިގެތަކުގެ ރާއްޖޭގެ ކެޓެގަރީ، ބީ ކެޓެގަރީއަށް ބަދަލުކޮށް ފޭލިގެތަކުގެ ފެންވަރު މަތިކޮށްފައިވާއިރު ޢަރަފާތުގެ އިންތިޒާމްތައްވެސް ފާއިތުވެދިޔަ އަހަރުތަކަށްވުރެ ބޮޑުތަނުން ރަނގަޅު ކުރެވިފައިވާކަން އިސްލާމިކް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން