އެޕަލް އައިފޯނެއް-
އެޕަލް އައިފޯނެއް-
އައިއޯއެސް 26 ގައި އެންމެ ބޮޑު ބަދަލެއް އަންނާނީ އައިމެސެޖު އެޕަށް ކަމަށް އެޕަލްއިން ހާމަކޮށްފިއެވެ.

އެޕަލްގެ އަހަރީ ވޯލްޑްވައިޑް ޑިވެލޮޕާސް ކޮންފަރެންސްގައި މި އަޕްޑޭޓާ ގުޅޭ ގޮތުން މައުލޫމާތި ދެމުން ބުނީ މި އަޕްޑޭޓު ތައާރަފް ކުރަން ހަމަޖެހިފައިވަނީ 2026 ގައި ކަމަށެވެ.

މި އަޕްޑޭޓްގައި އެންމެ ބޮޑު ސަމާލުކަމެއް ދީފައިވަނީ މެސެޖް އެޕް އަޕްގްރޭޑް ކުރުމަށް ކަމަށް އެޕަލް އިން ވަނީ ހާމަކޮށްފައެވެ. އެގޮތުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ބާރުވެރިކަމާއި، ޔޫޒަރުންނަށް އިތުރު މިނިވަންކަން ލިބޭނެ ގިނަ ފީޗާތަކެއް މި ބަދަލާއެކު ތައާރަފް ވެގެން ދާނެ ކަމަށް ވަނީ ބުނެފައެވެ.

މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ މެސެޖް އެޕަށް އޭއައި ވަރަށް ބޮޑަށް އިންޓަގްރޭޓްކޮށްފައިވުމެވެ. މީގެ ސަބަބުން ޔޫޒަރުންނަށް މެސެޖްތަކަށް ރިޕްލައި ދިނުމަށް އެހީތެރިވެދިނުމުގެ އިތުރުން، އެކި ހާލަތްތަކަށް (މިސާލަކަށް، ރަސްމީ، ނުވަތަ ސަމާސާ) މެސެޖްތައް އޮޓޮމެޓިކުން ޑްރާފްޓް ކޮށްދޭނެއެވެ.

އަދި އެހެން ބަސްބަހުން އަންނަ މެސެޖްތައް ރިއަލް-ޓައިމްގައި ތަރުޖަމާ ކޮށްދިނުމުގެ ޤާބިލްކަން ވެސް ލިބިގެންދާނެއެވެ.

އަދި ޗެޓްތައް ކަސްޓަމައިޒު ކުރުމުގެ ފުރުސަތުވެސް މި އަޕްޑޭޓާއެކު ލިބޭނެއެވެ. އެގޮތުން ކޮންމެ ޗެޓަކަށް ތަފާތު ކުލަ، ފޮންޓް، އަދި ބެކްގްރައުންޑް ލުމުގެ އިޚްތިޔާރު ލިބިގެންދާނެއެވެ.

މީގެ އިތުރުން މި އަޕްޑޭޓާއެކު 'ޝެޑިއުލް މެސެޖް' ފީޗަރުވެސް ތައާރަފް ވެގެން ދާނެއެވެ. މީގެ ސަބަބުން، ކަނޑައެޅިފައިވާ ވަގުތެއްގައި މެސެޖް ފޮނުވޭނެ ކަމަށް އެޕަލް އިން ވަނޯ ބުނެފައެވެ.

އަދި މިއާއެކު ގްރޫޕް ޗެޓްތަކަށް އަމާޒުކޮށް، މެސެޖްތަކަށް ރިއެކްޓް ކުރުމަށް އާ 'އޭއައި ޖެނެރޭޓެޑް ސްޓިކާ' ތަކެއް ވެސް ތަޢާރަފްކޮށްފައިވާކަމަށް އެޕަލް އިން ވަނީ ހާމަކޮށްފައެވެ. އަދި ގްރޫޕްތަކުގެ ތެރޭގައި ފަސޭހައިން ޚިޔާލު ހޯދުމަށް 'ޕޯލްސް' ހެދުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް ބުނެފައި ވެއެވެ.

މި ބަދަލުތަކާއެކު މެސެޖު އެޕުގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅު ވެގެންދާނެ ކަމަށް އެޕަލް އިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން