ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް
ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް
ޖެމްކިއުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

އައްބާސް މިހެން ވިދާޅުވެފައިވާއިރު، ޖެމްކިއު އަކީ ގާނޫނީ ހަމަތަކުގެ ތެރެއިން ހިންގާ ސްކީމެއް ނޫންކަމަށާއި، އެސްކީމަކީ އޮޅުވާލައިގެން ހިންގާ ޕިރަމިޑް ސްކީމެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ޖެމްކިއު ހިންގައި، ޕްރޮމޯޓްކޮށް، އޭގައި ބައިވެރިވުމަށް މީހުން ހޯދުމުގައި ޝާމިލުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ދިވެހި ފުލުހުންގެ ހިދުމަތުން ކުރަމުން ގެންދާނެކަމުގެ އިންޒާރު ފުލުހުން ވަނީ ދީފައެވެ.

ނަމަވެސް ފުލުހުންގެ ބަޔާނަށް ގޮންޖައްސަވަމުން މެންބަރު އައްބާސް މީސްމީޑިއާގައި ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ 70 އިންސައްތަ މެންބަރުންނާއި، ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުންނާއި، ސިފައިންނާއި ފުލުހުންގެ 80 އިންސައްތަ ބޭފުޅުން ޖެމްކިއު ބޭނުންކުރާ ކަމަށެވެ. އޭގެއިތުރުން 70،000 ރައްޔިތުން ޖެމްކިއު ބޭނުންކުރާ ކަމަށްވެސް އައްބާސް ވިދާޅުވިއެވެ.

ރައްޔިތުން ޖެމްކިއު ބޭނުންކުރަނީ އޭގެން ނަފާ ލިބޭތީ ކަމަށާއި، އެސްކީމުން އެއްވެސް ރައްޔިތަކަށް ގެއްލުން ވެފައިނުވާކަން އައްބާސް ފާހަގަ ކުރެއްވިއެވެ. އަދި ރައްޔިތުން ތިބި ހާލަތަށް ބަލާއިރު ޖެމްކިއުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމުގެ ފުރުސަތު އޮތުމަކީ ވަރަށް މުހިންމުކަމެއް ކަމަށްވެސް އައްބާސް ވިދާޅުވެފައިވެއެވެ.

“ޖީއެމްސީއީ ބޭނުންކުރައްވާ ބޭފުޅުންނަށް ބޮޑުތަނުން ފައިދާވެ، ކަންމަތީ ފިހާރަތަކުގެ ދަރަނި ދައްކައި، ލުއި ލޯނުތައް ދައްކައި، އެ ބޭފުޅުންގެ ދިރިއުޅުމުގެ ހާލަތު ވަރަށް ބޮޑުތަނުން ރަނގަޅުވަމުންދާކަން. އެކި މުނާސަބަތުތަކުގައި ރަށްފުށުގައި ބާއްވާ އެކިއެކި ހަރަކާތްތަކަށް ޖީއެމްސީއީގެ ފަރާތުން ބޮޑެތި އަދަދުތަކުން ސްޕޮންސާ ދެއްވާކަން.” އައްބާސް ލިޔުއްވާފައިވެއެވެ.

އައްބާސް މިހެން ވިދާޅުވެފައިވާއިރު ޖެމްކިއުއަކީ މި ފަހަކަށްއައިސް ދިވެހީންގެ ބައެއް ފަރާތްތަކުގެ މެދުގައި ބޮޑު ސަމާލުކަމެއްލިބި ގިނަ ބަޔަކު އެއަށް އިންވެސްޓުވެސް ކޮށްފައިވާ ސްކީމެކެވެ. މި ސްކީމަކީ ދީނީގޮތުން ވެސް މުސްލިމުންނަށް ހުއްދަ މުއާމަލާތަކަށް ނުވާނެކަމަށް ދާދިފަހުން ރާއްޖޭގެ އެކި ދީނީ އިލްމުވެރިންވަނީ ފަތުވާ ނެރުއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން