ބޭނުންވަނީ އުފެއްދުންތެރި ޤާބިލް ކައުންސިލަރުން ކަމަށާއި، އެހެންކަމުން ކައުންސިލަރުންގެ ޢަދަދު މަދުކޮށް މުސާރަ ބޮޑުކުރުމުގެ ވިސްނުން ގެންގުޅެންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އަދި ދިއްގަރު ދާއިރާގެ މަޖިލީސް މެންބަރު އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ، ލާމަރުކަޒީ ނިޒާމާ ގުޅޭ ގޮތުން މަޖިލީހުގެ މެންބަރުންގެ ކަންބޮޑުވުންތަކަށް ބަހުސްކުރުމަށް ހުށަހަޅާފައިވާ ގަރާރުގެ އިބުތިދާއީ ބަހުސްގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ނާޒިމް ވިދާޅުވެފައިވަނީ، ރައްޔިތުން ބޭނުންވަނީ އުފެއްދުންތެރި މަސައްކަތްކުރާ، ކިޔަވައިގެންތިބި ޤާބިލް ކައުންސިލަރުން ކަމަށާއި، ހަމައެކަނި އޮފީހަށް ނުކުމެ، އިނގިލީގެ ނިޝާން ޖެހުމަށްފަހު ނިކުމެގެންދާ މީހުން ނޫން ކަމަށެވެ.
ހަމައެއާއެކު ތަޢުލީމީ ޒުވާނުން ރަށަށްގޮސް ޚިދުމަތްކުރުމުގެ ޝައުޤުވެރިކަން އުފެއްދޭނީ، އެމީހުންނަށް އެކަށީގެންވާ މުސާރައެއް ދެވިގެންކަން ނާޒިމް ފާހަގަ ކުރެއްވިއެވެ.
“ވަކިވަކި ކައުންސިލަރުންނަށް ދޭ މުސާރައަކީ ބޮޑު މުސާރައަކަށް ނުވާނަމަ އެ ރަށްރަށަށް ޚިދުމަތްކުރާކަށް ކޮލިޓީ ހުރި، ކިޔަވައިގެން ތިބި މީހުންނެއް ނާންނާނެ.” ނާޒިމް މިއަދު ވިދާޅުވިއެވެ.
ހަމައެއާއެކު ނާޒިމް މިއަދު ވަނީ، ދައުލަތުގެ އާމްދަނީގެ ފަސް އިންސައްތަ ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ދިނުމަކީ ހަމަޖެހޭކަމެއް ނޫންކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން މިދިޔަ އަހަރުވެސް 2.4 ބިލިއަން ރުފިޔާ ބްލޮކް ގްރާންޓްގެ ގޮތުގައި ކައުންސިލްތަކަށް ދިނުމަށް ކަނޑައެޅިކަން ނާޒިމް ފާހަގަ ކުރެއްވިއެވެ.
އަދި އެފައިސާގެ ތެރެއިން ކައުންސިލްތަކަށް ޚަރަދު ނުކުރެވި، ގާތްގަނޑަކަށް 1.7 ބިލިއަން ރުފިޔާއާ 2.5 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ކައުންސިލްތަކުގެ އެކައުންޓުތަކުގައި އެބަހުރި ކަމަށް މާލީ ވުޒާރާއާ ޙަވާލާ ދެއްވައި ނާޒިމް ވަނީ ވިދާޅުވެފައެވެ.
“އާމްދަނީން ޕަސެންޓަކަށް ހަދާފައި އޮތީމާ، އާމްދަނީ ބޮޑުވަމުންދާ ވަރަކަށް ބްލޮކް ގްރާންޓް ބޮޑުވަމުންދޭ. އެ އަދަދު ބޮޑުވަމުން ދިއުމަކީ ރައްޔިތުންނަށް އެއްޗެއް ލިބޭތީ އަޅުގަނޑު މައްސަލަ ޖެއްސުމެއް ނޫން.” ނާޒިމް ވިދާޅުވިއެވެ.
އޭގެއިތުރުން ނާޒިމް ވިދާޅުވީ، ދައުލަތުގެ ފައިސާގެ ގޮތުގައި އެ ފައިސާ ހުރިނަމަވެސް، ކޮންމެ މަހަކު ސަރުކާރުން އެތައް މިލިއަން ރުފިޔާގެ ޓީބިލާއި އިންޓްރެސްޓް ދައްކައިގެން ލޯނު ނަގަން ޖެހެނީ، އެ ފައިސާގައި އަތްލެވޭނެ ގޮތެއް ވެސް، އަދި ނަފާ ލިބޭނެ ގޮތެއް ވެސް ނެތުމުން ކަމަށެވެ.
ނާޒިމް މިހެން ވިދާޅުވެފައިވާއިރު، މި އަހަރަށް ލަފާކުރި ބަޖެޓުގައި ކައުންސިލްތަކުގެ ބްލޮކް ގްރާންޓްގެ ގޮތުގައި އެންމެ ފުރަތަމަ ހިމަނާފައިވަނީ 1.4 ބިލިއަން ރުފިޔާއެވެ. އެއީ ޤާނޫނުގައި ބުނާ މިންވަރަށްވުރެ ކުޑަ ޢަދަދެކެވެ.

ކިޔުންތެރިންގެ ހިޔާލު