ޤައުމު ހަމަ މަގަށް އެޅުވުމުގެ ކުރީގައި، ހަމަ މަގަށް އަޅުވަންވީ އެމްޑީޕީ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބުރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު އެމްޑީޕީގެ މިހާރުގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލަށް ބަހުގެ ޙަމަލާތަކެއް ދެއްވައިފިއެވެ.
ރާއްޖޭގެ މީޑިއާއެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން ރީކޯ މޫސަ ވިދާޅުވީ، އެމްޑީޕީގެ އެތެރޭގައި ރިޔާސީ ޓިކެޓަށް ވާދަވެރިކަން ބޮޑުވެ، މިހާރު އުފެދިފައިއޮތް ބައިބައިވުން ނައްތާލަން ޖެހޭ ކަމަށެވެ. އަދި މިހާރު ކަންތައްތައް ތަންކޮޅެއް ބޮޑުވެއްޖެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
“އަޅުގަނޑަށް ހީވަނީ ގައުމު ހަމަ މަގަށް އެޅުވުމުގެ ކުރީގައި އެމްޑީޕީ ހަމަ މަގަށް އެޅުވުމުގެ މަސައްކަތް ކަންނޭނގެ މިހާރު ކުރަންޖެހޭނީ.” ފައްޔާޒަށް ރައްދު ދެއްވަމުން ރީކޯ ވިދާޅުވިއެވެ.
އޭގެއިތުރުން އެމްޑީޕީގެ ޗެއާޕާސަންކަމުގައި ހުންނަވައިގެން މިދިޔަ ރިޔާސީ އިންތިޚާބުގައި އެ ޕާޓީއާ ދެކޮޅަށް މަސައްކަތްކުރި ޑިމޮކްރެޓްސްއާ އެކު ފައްޔާޒް އިންނެވުމަކީ ރަނގަޅުކަމެއްތޯ މޫސަ ސުވާލު އުފެއްދެވިއެވެ. އަދި ފައްޔާޒްގެ އެ ޢަމަލުގެ ސަބަބުން މިދިޔަ ރިޔާސީ އިންތިޚާބުގައި ފައްޔާޒުގެ ނިޔަތާމެދު ސުވާލު އުފެދޭ ކަމަށްވެސް މޫސަ ވިދާޅުވެފައިވެއެވެ.
“ފައްޔާޒްގެ ވިސްނުމަކަށް ހުރީ ރައީސް ޞާލިޙަށް ނުލިބުންބާއޭ އަޅުގަނޑު ހިތަށް އަރަނީ. ނުލިބި ރައީސް މުއިއްޒަށް ފަހިވާގޮތަށް އެކަން ކުރުމަށްޓަކައި ފައްޔާޒް ކުރެއްވި ކަމެއްބާއޭ.” މޫސަ ވިދާޅުވިއެވެ.
އޭގެއިތުރުން މޫސަ ވިދާޅުވީ ސިޔާސީ ގޮތުން ޚިޔާލު ތަފާތުވި ނަމަވެސް ރައީސް ނަޝީދާއި ދުރުނޫން ކަމަށާއި، ނަމަވެސް ޕާޓީ ހިންގެވުމުގެ ބަދަލުގައި ފައްޔާޒް މަސައްކަތް ކުރަށްވަނީ، ރިޔާސީ ޓިކެޓަށް ފަހިވާނެ ގޮތެއް ހޯއްދެވުމަށް ކަމަށެވެ. އަދި އެ މަސައްކަތް ކުރަށްވާނަމަ އެންމެ ރަނގަޅުވާނީ ޕާޓީ ހިންގުމުގެ ކަންކަން އާންމު މެންބަރުންނާ ހަވާލުކުރެއްވުންކަން ރީކޯ ފާހަގަކުރެއްވިއެވެ.
މޫސަ މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއެކު އިއްޔެ ބޭއްވެވި ބައްދަލު ކުރެއްވުމަށްފަހު ފައްޔާޒް ވިދާޅުވީ، ޤައުމު އަނބުރާ ހަމަމަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު