ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަަ ކުރުމަށް 2022 ވަނަ އަހަރު ބޭއްވި ހަރަކާތުގެ ބައިވެރިންނަށް ބިރުދެއްކުމުގައި ސީދާގޮތުން ބައިވެރި ނުވާ ފަރާތްތަކަށް ދައުވާ ނުކުރަން ޕްރޮސެކިއުޓާ ނެޖެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ ޔޯގާ ދުވަހުގެ ހަރަކާތާ ދެކޮޅަށް ގަލޮޅު ބޯޅަދަނޑު ހިމެނޭ ސަރަހައްދުގައި ހިންގި ހަމަނުޖެހުމާ ގުޅިގެން ކޮށްފައިވާ ދައުވާތައް މުރާޖައާ ކޮށްދިނުމަށް އެދި، ދައުވާ ލިބޭ މީހުން އެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލާގައި ކޮށްފައިވާ ދައުވާތައް މުރާޖައާ ކުރުމަށްފަހު، ޔޯގާ ދުވަހުގެ ހަރަކާތުގެ ބައިވެރިންނަށް ހަމަލާދީ، އެމީހުންގެ މެދުގައި ބިރުވެރިކަން އުފެއްދުމުގައި ސީދާގޮތުން ބައިވެރިވިކަމަށް ހެކި ގަރީނާ ލިބިފައިވާ މީހުން ފިޔަވައި، އެހެން މީހުންގެ މައްޗަށް ކޮށްފައިވާ ދައުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާ ކަަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
އަދި މި މައްސަލާގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނާއި، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި، ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ކޮށްފައިވާ ދައުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް ވެސް ނިންމާފައިވާ ކަަމަށް ވަނީ ބުނެފައެވެ.
ދައުވާތަށް މުރާޖައާ ކުރުމުގައި، މި ކުށުގެ އަމަލު ހިނގައިދިޔައީ ޔޯގާ ދުވަހުގެ ހަރަކާތް ހިންގުމާމެދު އުފެދުނު ޖަޒުބާތުތަކެއްގެ ތެރެއިން ކަމަށްވުމާއި، މި މައްސަލަ ކޯޓުގައި ކުރިއަށް ނުގެންދެވި އެކަށީގެންވާ ވަރަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވުމާއި، ދައުވާލިބޭ ފަރާތްތަކަކީ ކުށުގެ ވެށީގައި އުޅޭ ބަޔަކަށް ނުވުމާއި، ދައުވާލިބޭ ފަރާތްތަކުން މުޖުތަމައުގައި އަދާކުރާ ދައުރަށް ރިއާޔަތް ކޮށްފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
މި ނިންމުމުގެ ނަތީޖާއެއްގެ ގޮތުން މި މައްސަލާގައި ދެން ކޯޓުގައި ކުރިއަށްދާނީ ޔޯގާ ދުވަހުގެ ހަރަކާތުގެ ބައިވެރިންނަށް ހަމަލާދީ، އެމީހުންގެ މެދުގައި ބިރުވެރިކަން އުފެއްދުމުގައި ސީދާގޮތުން ބައިވެރިވިކަމަށް ހެކި ގަރީނާ ލިބިފައިވާ މީހުން މައްޗަށް ކޮށްފައިވާ، ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތައް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާތައް އެކަނި ކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު