އިސްރާއީލުން ދެމުންދާ ހަމަލާތަކުން ދިފާއުވުމަކީ އީރާނަށް ލިބިދޭ ހައްގެއްކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރްދުޣާން ވިދާޅުވެއްޖެއެވެ.
ތުރުކީގެ ރައީސް މިހެން ވިދާޅުވެފައިވަނީ، އިސްރާއީލާއި އީރާން ދެމެދު ހަމަލާތައް ބަދަލު ކުރުން މެދުކެނޑުމެއްނެތި ހަފްތާއެއްވާން ކައިވެރިވަމުންދާއިރު، އީރާނަށް ތާއީދު ކުރައްވާކަން ހާމަކުރައްވައެވެ.
"އިސްރާއީލުގެ ދައުލަތުން ހިންގަމުންދާ ޓެރަރިޒަމާ ދެކޮޅަށް ދިފާއުވުމަކީ އީރާނަށް ޝަރުއީ ގޮތުންވެސް ލިބިގެންވާނެ ހައްގެއް،" އުރުދުޣާން ވިދާޅުވިއެވެ.
އުރްދުޣާން މިހެން ވިދާޅުވެފައިވާއިރު، އެމަނިކުފާނު ވަނީ މެދުއިރުމަތީގެ ސަލާމަތަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކަމަށްވެސް މީގެކުރިން ވިދާޅުވެފައެވެ.
އިސްރާއީލާއި އީރާން ދެމެދު އޮތް ހަމަނުޖެހުން ބޮޑުވީ މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައި އިސްރާއީލުން އީރާނުގެ ނިއުކްލިއާ އަދި އަސްކަރީ ތަންތަނަށް އަމާޒުކޮށްގެން ހަމަލާ ދޭން ފެށުމުންނެވެ. އިސްރާއީލުން ދިން ހަމަލާގެ ރައްދުގައި އީރާނުން ވަނީ ހައިޕަރސޮނިކް ހަތިޔާރުގެ ހަމަލާ، މިސައިލް އަދި ޑްރޯން ހަމަލާ ވެސް ދީފައެވެ.
"އިސްރާއީލުން އީރާނަށް ހަމަލާ ދީފައިވަނީ އީރާނުގެ ނިއުކްލިއާ މަޝްވަރާތައް ކުރިއަށް ގެންދަނިކޮށް،" އުރުދުޣާން ވިދާޅުވި އެވެ. އުރުދުޣާން ތުހުމަތު ކުރެއްވީ އިސްރާއީލުން ބައިނަލްއަގްވާމީ އުސޫލުތަކާވެސް ހިލާފަށް، ޑިޕްލޮމެޓިކް ނަތީޖާއަކަށް އިންތިޒާރު ނުކޮށް "ޓެރަރިސްޓް އަމަލެއް" ހިންގަމުންދާ ކަމަށެވެ.
ރިޕޯޓުތައް ބުނާގޮތުން، އިސްރާއީލުގެ ވައިގެ ހަމަލާތަކުގައި އީރާނުގެ 220 އަށްވުރެއް ގިނަ މީހުން މަރުވެފައިވެއެވެ. އަދި އީރާނުގެ ބަދަލު ހިފުމުގެ ހަމަލާތަކުގައި 24 މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމްވެފައިވާ ކަމަށް އިސްރާއީލުގެ އޮފިޝަލުން ބުނެއެވެ.
މިހަމަނުޖެހުންތަކުގެ ސަބަބުން ތުރުކީއަށް ކުރިމަތިވެދާނެ ނުރައްކާތަކަކަށް ތުރުކީގެ ހުރިހާ މުއައްސަސާތަކެއް ހައި އެލާޓްގައި ތިބި ކަމަށާއި، އަދި "ކޮންމެ ފަދަ ސިނާރިއޯ" އަކަށްވެސް ތައްޔާރީތައް ވަމުންދާ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރްދުޣާން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު